އަގެއް ނެތް އެންމެ އެއްޗެއްވެސް ކަލާނގެ ނުވާނެ ދެއްވާފައި
މަގެއް ނެތް ދުނިޔެނޫނިއްޔާ ސުވަރުގެ ދެވޭނެ ލައްވާފައި
ކުރަން ގިނަ ހޭދަޔާ ހުރިހައި ޢިބާދާތަށް ލިބުނު ވަގުތުން
ފުރަން ދަތުރަށްޓަކައި ގެންދަން ނުވޭހޭ ޒާދު ލައްވާފައި
ވަރަށް ބޮޑު ނިޢުމަތެއް އަގުހުރި ޢުމުރު ދިގުވުމުގެ ނިޢުމަތަކީ
ވަރަށް ގިނަ ހެޔޮ ޢަމަލު ކުރުމުގެ ނަޞީބު އެއާ ވުމުން ގުޅިފައި
ޢުލޫމުން ދެނެ ބަލައި ހޯދޭ އިލާހީ ހެކި ލިބޭ ނިޢުމަތް
ޤުލޫބު ތަކަށް ވެވެން ޙާޞިލު އޮތީ މި ޙަޔާތުގައި ގުޅިފައި
ނުފެނި ޢަޤްލިއްޔަ ހެތްކެއް މަރުވެދާއިރު ޚާލިޤާ މެދުގައި
އުފެދިގެން ހިތުތެރޭން ތަސްބީޙައެއް އޮންނާނެތޯ؟ ކީފައި
ޞަރީޙަ އިބާރަތުން މުލްކުގެ ދެވަނަ އާޔަތު ބަޔާން އެވަނީ
ބަރީޢަ އެކަކު ނުވާނެ ގޮތުން ޙަޔާތުގެ ސަަބަބު ހާމަވެފައި
އަގެއްނެތް އެއްޗަކަށް މިޙަޔާތް ހަދާމީހާ ސަލާމަތްވާން
މަގެއްނެތް ދެދުނިޔޭގައިވެސް ހިނގާފައި ދާނެ ލައްވާފައި
