"ފަލަސްޠީނާއެކު ދިވެހީން"ގެ ނަމުގައި ޕީއެސްއެމް އިން ކުރިއަށް ގެންދާ ޓެލެތޯނަށް ސްޓެލްކޯ މުވައްޒަފުންގެ ފަރާތުން ބައި މިލިއަން ރުފިޔާ ހަދިޔާކޮށްފިއެވެ.
ގައުމީ ކަރަންޓު ކުންފުނިން ބުނީ އެ ބައި މިލިއަން ރުފިޔާއަކީ، "ސްޓެލްކޯގެ މުވައްޒަފުންގެ ހިއްސާވެސް ހިމެނޭގޮތަށް" ހަދިޔާކޮށްފައިވާ ފައިސާ ކަމަށެވެ. މިގޮތުން ކުންފުނީގެ އިސްވެރިންނާއި މުވައްޒަފުން ގެންދަނީ ސްޓެލްކޯގެ ހެޑްއޮފީހުގެ ކުރިމަތީގައި ބަހައްޓާފައިވާ ފަންޑުފޮއްޓަށް އެކި ޢަދަދުތަކުން އެހީތެރިކަން ފޯރުކޮށްދެމުން ކަމުގައި ސްޓެލްކޯ އިން ބުނެއެވެ.
"އަޅުގަނޑުމެން، ސްޓެލްކޯގެ މުވައްޒަފުން ސާބިތުކަމާއެކު އަބަދުވެސް ދެމިތިބޭނީ ފަލަސްޠީނުގެ ރައްޔިތުންނާ އެކު،" ސްޓެލްކޯގެ ބަޔާނެއްގައި ބުނެފައިވެއެވެ.
ޕީއެސްއެމް އިން ކުރިއަށް ގެންދާ ޓެލެތޯނަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމަކަށް ކުރިއަށް ގެންދާ ޓެލެތޯނެކެވެ.



advertisment

