އެކަން މީހާގެ ހުރިކަން ވެސް ބޮޑާމީހާ ނުވެސް ދަނެޔޭ
އެކަން އޭނާގެ ފާސްތައް ވެސް ބަޔާންކޮށް އޭނަޔަށް ނުދެޔޭ
ވަޢީދުގެ ބަސްފުޅުން އެތަކެއް ވަޙީބަސްފުޅު އޮތަސް ފެންނަން
ޟަޢީފުވެ ޢިއްޒަތާ ޤަދަރާ ދިޔަސް އެކަމެެއް ނުވެސް ދަނެޔޭ
ނަގާ ފާހުން ގުދަން ފުރުނަސް ކޮބާ ފައިދާ އެއިން ލިބިދޭ
މަޤާމެއް ލިބުނަކަސް މީހުން ކުރާ ނަފުރަތު ނުވެސް އެނގެޔޭ
ގަމީހުގެ ސައިޒު މާ ބޮޑުކޮށް އަރާބޫޓުގެ ފަހަތް އުސްކޮށް
ޟަމީރަށް ހަަމަޖެހުން ލިބުނަސް މަލާމާތުން ނަޖާނުވެޔޭ
ޒަމާނަށް ހޭލުމާ އެކުގައި ޖެހޭ އިރު ކަންކަމަށް ވިސްނަން
ނަމާ އަބުރަށް ބުރާ ތިކިތައް އަތުން ފޮހެލަން ނުވެސް އެނގެޔޭ
ކުރޭހީ މީސްތަކުންގެ ތެރޭން ތިމާ ހަމަ މާމޮޅޭ ދަރަޖައިން
ދުރޭ މީހުންވަނީ ހައްތާ، ކުރާ ނަފްރަތު ނުވެސް ދަނެޔޭ
ސަފުން ޢިލްމެއް ނުވާމީހުން މުދާ އަމުދުން ނުވާއިރުވެސް
ކަފުންވެދެޔޭ އެލަޢުނަތުގައި ނުޖެހި، އެހެނަސް އެވަރު ނުވެޔޭ
