Support Us

ކުރު ވާހަކަ: ކުރަފި ދަރި

އެއްދުވަހު ތުއްތު ކުއްޖަކު އޭނަގެ ބައްޕަ ކުރެން އެއްސެވެ: "ބައްޕާއެވެ! އަޅުގަނޑު ދުނިޔެއަށް އައީ ކިހިނެއް ހެއްޔެވެ؟" ދެން ބައްޕަ ބުނުއްވިއެވެ: "ދަރިފުޅާއެވެ! ބައްޕަމެން ކުޑަ ހަކުރު ކޮޅެއް ގެނެސް ބާލީސް ދަށަށް ލީއެވެ. ދެން އަނެއް ދުވަހު ތެދުވެ ބާލިސް ހިއްލާލިއިރު ދަރިފުޅު އޮތެވެ!"

ދެން، އެ ތުއްތު ކުއްޖާ ހިތަށް އެރިއެވެ. މިއަދުން ފެށިގެން އަހަރެން ވެސް ބައްޕައަކަށް ވާންވީއެވެ. ދެން، ކާގޭ މޭޒުމަތީ ހުރި ހަކުރު ދަޅު ހިފައިގެން ގޮސް އޭނަގެ އެނދުގެ ބާލީސް ދަށަށް ހަކުރު ސަމުސާއެއް އެޅިއެވެ.

އޭގެ އަނެއް ދުވަހު ތެދުވެ، ބާލީސް ނަގާފައި ބަލާލިއިރު، ތުއްތު ކުއްޖާއަށް ބާލިސް ދަށުން ފެނުނީ ކުރައްޕެކެވެ. ދެން، އެ ކުރައްޕާ މުޚާތަބުކޮށް ތުއްތު ކުއްޖާ ބުންޏެވެ: "ކަލެއަކީ އަހަރެންގެ ދަރިއަކަށް ނުވި ނަމަ، މިއަދު ކަލޭ ހަމަ މަރާލީމުހެވެ!"