އުޅުމާ ގުޅުން މަދަނީންގެ ނެތި ގައުމިއްޔަތެއް ނޯންނާނެޔޭ
ގުޅުމާ ނުލައި ފަރުދުންގެ މެދު ވެއްޓެއް އަމާން ނޯންނާނެޔޭ
ނެތިއެއް އަމާނާތުގެ އަސަރު އީމާން ކަމެއް ނޯންނާނެޔޭ
ގެތިފައި ޢަހުދު ދީނާއެކީ ނެތި ދީން ހިތަކު ނޯންނާނެޔޭ
ހިތުގައި ނެތަމަ އިޙުސާންކަމެއް ތެދުވެރިވެވެން ނޯންނާނެޔޭ
ފިތުނައިގެ ގަހަކުން ޞުލްޙަވެރި ހިޔަލެއް ލިބެން ނޯންނާނެޔޭ
ތެދުވެރިކަމެއް ނެތި ވެރިކަމެއް ގިނަދުވަހު ދެމި ނޯންނާނެޔޭ
ރެނދުލައި ކޮއިލު އިރިގެން ދިއުން މަނައެއް ވެވެން ނޯންނާނެޔޭ
ނަފުސަށް ނުވާ ތެދުވެރިކަމެއް ކަމަކަށް ވެފައި ނޯންނާނެޔޭ
ނަފުރަތުގެވެރި ހިތުގައި ޙަސަދަ ނިދުމަށް އަރައި ނޯންނާނެޔޭ
ކަންނެތްކަމުގެ ވެރިޔާއަކަށް ކުރެވެން ކަމެއް ނޯންނާނެޔޭ
ސަންދޯކު އެޅި ވަޅުލެވި ދިޔަސް ކުރެވުނު ކަމެއް ނޯންނާނެޔޭ
ތަޤުވާވެރިންނަށް މަޙުޝަރަކު ބިރުވެރިކަމެއް ނޯންނާނެޔޭ
މަގުގައި ޞިރާތު ހިނގާކަށެއް އުނދަގޫކަމެއް ނޯންނާނެޔޭ
