އޭ ކޮރޯނާ! ހިތް މަގޭ އިނބައަށް ހެވެއް ނޫން!
ގޭގެ ކޮޓަރީ ގައިދުވީމާ ހިތް ލުއެއް ނޫން!
ލޯ މަގޭ ލައިލާ ނުދެކި ގަރުނެއް މި ހިނގަނީ
ހޯމަ ނެތި މި ހިތަށް މި ލިބެނީ ހަނދުވަރެއް ނޫން!
ފޭރުނީ ތިޔަ ފުރުޞަތޭ އަރިހަށް ދެވެން އޮތް
މީރުވަސް ނުލިބޭ ދުނިޔެއެއް، ދުނިޔެއެއް ނޫން!
* * *
އޭ މިހިރަ ހަމަ ބުއްދި ނެތް މަޖުނޫނު "ދަރިއާ"!
ހޭޖެހޭ! އަހަރެން އެޅުވި މީ ކަސްތަޅެއް ނޫން!
ގާތުގައި ހިނދުކޮޅަކު ހުރެލެވުނަސް ތަނެއްގައި
ތާއަބަދު ފަހިވާން އެއީ އޮތް ފުރުޞަތެއް ނޫން!
އަދި އެހެން ނޫނަސް އެ ލައިލާ ހިތްއެދޭބާ؟
ތަދު ހިތަށް ނުކުރޭ! އެ ދިއްލީ ހުޅުކޮޅެއް ނޫން!
ހީކުރީހެއްޔޭ ލޮލުން މެސެޖެއް ފޮނުވިއޭ
ހީނލަމުން ލޯ އެ ބުނެލީ ހިތް ބުނި ބަހެއް ނޫން!
* * *
ބަލަ ކޮރޯނާ! "މޮޔަ" މި ނަފުސާ ރޫޙު އެ ހަނދުގެ
ފަލަކުގައި ވުމަކީ ހިތަށް ބޭހެއް! ތަދެއް ނޫން!
ފަޅި ސިކުންތެއް ވެސް އަރިހުގައި ހުރެލެވިއްޖެތަ؟
މުޅި އުމުރު ފަދަ! ޝާހިދަށް އޭ ހިނދުކޮޅެއް ނޫން!
