Support Us

ފޯރަނީ ހެޔޮ އަސަރެއް ހެއްޔެވެ؟

ގައުމަށް މޮޅެއް އަންނާނެބާ؟ ގާނޫނު އެގޮތަށް ފުރޮޅުމުން
ދައުލަތުގެ އާރާ ބާރުތައް މުގުރޭ ގޮތަށް ބައްޓަންވުމުން

ބޮއްސުން ވެގެން ދިޔައީ މިތާ މާޒީވި ހެޔޮ ގޮތްތައް އެއިން
އޮއްސުނު މިސާލުން ތަރިރުހަނދު އަލިކަން ސަފުން ނުލިބޭ ގޮތުން

އިސްލާހުކަމުގައި ކީކަމަކުވެސް! ފޯރާހެ ހެޔޮ އެއްއަސަރު؟
އިސްކޮށް މަގާމުތައް ލުމަށް ސަނަދަަށަ ބަލަންވީ އެއްގަނޑުން

އޮނިގަނޑު އިދާރީ ރޫޅުނަސް ކަންކަން ނުވާ ފުނިޖެހުނަކަސް
ހޮނިހިރު ހުކުރު ޗުއްޓީ ހަދަން ދިއުމަށް މަގެއް ބޮޑު ހުޅުވުމުން

ފެމިލީ ބަދަހިކޮށް ހަރުދަނާ ދަރިފަސްކޮޅެއް ބައްޓަންވެގެން
ދެމިގެން މިގައުމަށް އައުމަށޯ ފުރުސަތުދިނީ ބުނެ އިއްވަމުން

ޗުއްޓީ ތެރޭ އިންދައި އުޅޭ ގަސްގަހުގެ މަތިވަރު ދެކެލުމުން
ފުއްދުނު ނުވާކަން މަގުސޮދެއް ގައުމުގެ ދުލުން ދޭ ބުނެދެމުން

ސަރުކާރުގައި މަދުމީސްކޮޅެއް ނިންމީ އެދުހު އެދުވަހުގެކަން
ކަރުދާހުގައި ގަލަމުން އަތުން ލިޔެގެން އިހަށް ބުރަ އުފުލަމުން

ކަންކަން އެނގޭ ހަރު އެންމެނަށް "ރިޓަޔާކިޔާ" މަޅިޔެއްޖަހައި
ސަންދޯކު އެޅުމަށް ދާނދެން ގެޔަށް ފޮނުވީ ކިހައި… މޮޅު އުކުޅަކުން

ލިޔުމާ ކިޔުން ތަރުތީބުކުރި ބަހަވީ ކުށެއް ނެތި ދޭހަކޮށް
ލިޔުމާ ކިޔުން އޮޅުވައި ނުލައި ދަރަޖައިގެ ފުރިހަމަ ހަމަތަކުން

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *