ކޮރަޕްޝަން ހުއްޓވަން އެންމެން ނުކުންނާކަށް ނުވޭހެއްޔޭ؟
ދޮރަކުގައި ޓަކިނުދީ އެއްވެސް ދޮރެއް އެވަބާ ހުރޭހެއްޔޭ؟
ދިވެހިރާއްޖޭގެ އެންޓި-ކޮރަޕްޝަނުން ލައްވާ ގޮވައިލެއްވުން
ރިވެތި ގޮތުގައި ބަލައިގަނެގެން އެއާ ދުރުވާން ނުވޭހެއްޔޭ؟
ދިވެހިރާއްޖޭގެ އެންމެން ވީހިނދުން ހުސް މުސްލިމުން ކަމުގައި
މިވެށި އެފަސާދަ ނެތްތަނަކަށް ހަދާން ތެދުވާން ނުވޭހެއްޔޭ؟
ހަޔާތުގެ ކަންކަމަށް ބޭނުން ވެގެން އާޚިރަތު ވިއްކާފައި
ހަޔާތުން އުޚުރަވީ ބިރުވެރި ނަރަކަ ބޭނުން ވަނީހެއްޔޭ؟
ޔަޤީނުންވެސް މުދާ ދޫކޮށް ޖެހޭ މަރު އަންނަ ހިނދުގައި ދާން
ޙަޤީޤަތްކަން އެއީ، އެނގުމުން ނަޒާހަތްތެރި ނުވަން ހެއްޔޭ؟
ކިތައް މީހުންގެ ޙައްޤަށްތޯ އަރައި ގަނެވޭ ހުށީ އެކަމުން
ހިތަށްވެސް ނުގެނެވޭ ގެއްލުން ދެވޭކަން ނޭނގޭނީ ހެއްޔޭ؟
އަޚުންނޭ ލޯބިވެތިވީ މާތް، ނަސޭހަތް އައްސަވައި ލައްވައި
ފަހުން މިނަސޭހަތުގެ، އެނުބައި ކުށަށް ފުރަގަސް ދެމާހެއްޔޭ؟
