ނުވާނަމަ ހަނދުގެ އަލިކަން ހިތްތަކަށް އުފަލެއް ލިބޭނޭތޯ
ނުވާނަމަ ހަނދުގެ ހަނދުވަރު ލޯބި ދެހިތަކު ދިރި އުޅޭނޭތޯ
ޙަޔާތުން ޙިތް ޒަޚަމު ވެވިގެން ކިތައްރޭތޯ ދަނީ ދެކެލަން
ޙަޔާތައް އަލިކަމެއް ދޭ ރޭ ހަނދާން ފިލިވައި ލެވޭނޭތޯ
ހަނދާން ނެތިގެން ނުދާނޭ އެކި ޖަލީސީ ހަނދުވަރީ ރޭރޭ
ހަނދާ ހަނދުވަރުގެ ރޯޝަންކަން ހިތުން ދުވަހަކު ފިލާނޭތޯ
އުފާވެރި ލައްޒަތެއްނުވެޔޭ ލިބުން ހަނދު އުދަވެފައި ނެތިއެއް
އުފާވެރި ލައްޒަތާ ރާޙަތު ސަފުން ލޯބިން ލިބޭނޭތޯ
ފަޒާގައި އުދުހިލާ ދޫންނާ ހިނގާ ގިނަގުނަ ވިލާތައްވެސް
ހަޒާނާލޯބި މުއްސަނދިކޮށް ދެމުންގޮސްފައި ނުވާނޭތޯ
ހަނދާއޭ އުދަވެފައި ތިޔަހެން ހުރުން އެދެމޭ އަބަދު އުޑުގައި
ވަދާޢުން އޮއްސިގެން ދާނަމަ ކަފުން ލޯތްބެއް ނުވާނޭތޯ
