
މިއަދު އަނިޔާ އަކަށް ހޯހޯ ގޮވާނެ ދުލެއް ބިމަކުގައި ނެތް
މިއަދު ޔޫއެންގެ ލޯނެތްތާ އެހުރިތާ ވަޅުގަނޑެއް ވެސް ނެތް
ވެރީން ދުނިޔޭގެ ގައުމު ތަކުގެ ތިބީ ބޮޑުވަރިހަމައި ގައްޔޭ
ވެރީންކުރެ އެކަކުވެސް ނެތް ވެރިކަމާ ހެދި ބޫތު ކައިފައި ނެތް
އަމާންކޮށް ދުނިޔެ ޞުލްޙަކުރަން ކަމެއްކުރުމުގެ ފިކުރުނެތްތާ
ސަމާލުކަމެއް އެފަދަކަމަށް ދެވޭ ގޮތް ދަންނަ ވެރިއެއް ނެތް
ތިމާމެން ގާޑުއޮފް އޮނަރުން ލިބޭއުފަލަށް ދަތުރު ކުރިޔަސް
ދިމާޔަށް ޞުލްޙަ މަޞްލަޙަތާ ދުނިޔެ ގެންދާނެ ފިކުރެއް ނެތް
ފަލަސްޠީނަށް ކުރާ އަނިޔާ މަނާ ކުރުމަށް ކަމެއް ނުމެކޮށް
ބަލަން ތިބެނި ޤަރާރު ނެރެން، އެނޫނީ ވާކަމެއް ވެސް ނެތް
އަދުލު އިންޞާފު ހޯދާކަށް ނެތޭ ދާނޭ ތަނެއް މިއަދަކު
އަދުގެ ޙާލަތު މިއޮތް ފަދަ ގޯސް ޒަމާނެއް ދުނިޔެ ދެކެފައި ނެތް
