ދެރަކަމެކެމީ އިންތިހާއީ ނެތް ކޮޅެެއް
ބަސް ދިވެހި ޖީލަށް މިއަދު ނުވިޔޭ އޮޅެއް
ޙައްލު ހޯދަން ހުޅުވިފައި ނުވެޔޭ ދޮރެއް
އަތުޖެހޭތޯ ކޮނެލުމަށް ބިމު ނެތް ހޮރެއް
މޮޔަކަމުން އަނގަ މިތަޅަނީ މަވަރުގެ ސޮރެއް
ފިކުރު ކުރަމުން މަގުމަތީ ޖަހަމުން ކޮރެއް
ބަސް ދިވެހި ޖީލަށް މިއަދު ނުވިޔޭ އޮޅެއް
ބޭރުބަސް މައްސުނި ކުރުން ނޫން ނެތް ގޮތެއް
ކީކަމަކު ބޮލަކަށް ނުވޭ ފަހުމެއް ފޮތެއް
ކަމަކު ވިޔައެއް ނޭނގެޔޭ ބަހުގައި އޮތެއް
ހައްޓިއެއް އާއްސެއް ފިލާނެ ނެތޭ ގޮތެއް
ބަސް ދިވެހި ޖީލަށް މިއަދު ނުވިޔޭ އޮޅެއް
ލަފްޒު އިވުނަސް ނޭނގެޔޭ މޯލެއް ވަނެއް
ނަމުގެއަޑު އިވުނަސް މަށަށް ނޭނގޭ ހަނެއް
ކަންފަތެއް މިއަޑެއް އަހަން ނުލަޔޭ ކަނެއް
އުވިނުގޮސް ދިރުވަން ހިތައި ނެތް ދާން ތަނެއް
ބަސް ދިވެހި ޖީލަށް މިއަދު ނުވިޔޭ އޮޅެއް
