
ވެރިން ފިޔަވައި ހުޅަނގު މީހުން ވިޔަސް ރުޅިވެއްޖެ އިޒުރޭލަށް
ވެރިފިޔަވައި ޢަރަވި އެންމެން އެހެން ރުޅިވެއްޖެ އިޒުރޭލަށް
ބަޔާނެއް ފަށުވި ނެރެލާފައި ފަލަސްޠީނަށް ނުދީ މަދަދެއް
ހަޔާތުގެ ލައްޒަތަށް ލެނބުމުން ލިބޭ ގިނަ ލާބަ އިޒުރޭލަށް
އަޅާ ބިންތަކުގެ އަލިފާނުން އަނދާތަން ފެނި ފަލަސްޠީނީން
ފަޅައިގެން ހިތް ދިޔައިމާ ބަދު ދުޢާ ވޭ ޙައްޤު އިޒުރޭލަށް
ނެތީޔޭ ދައުލަތެއް އެއްވެސް ޙިމާޔަތް ދޭނެ އިސްލަމީ
ނެތީމާ އޭގެ ފައިދާތައް ލިބޭ އިޔަހޫދި އިޒުރޭލަށް
ޢިމާރާތެއް ކޮޅަށް ނެތި ވެއްޓި މުޅި ޣައްޒާ ފަނާ ކުޅައިރު
ޙިމާޔަތުގައި ތެދުވެ ވެރިއަކު ޙަމައެއް ދިންހެ؟ އިޒުރޭލަށް
ޖަމާޢަތްތައް ޖިހާދުކުރާ އެހިނދު ޙައްޤޭ އުފަން ކުރުވައި
އަމާޒު ކުރަން ރޮކެޓުތައް ގިނަ ޢަދާވާތްތެރިވި އިޒުރޭލަށް
ނިރުބަވެރި "ނަން" ހުޅަނގުމީހުން ދިނަސް މުސްލިމު މުޖާހިދުނަށް
ބިރުން ސިހި ފަހަތަކަށް އެއުރެން ނުދާކަން އެނގެޔެ އިޒުރޭލަށް
އެތައް ފަހަރަކު ހުޅަނގު އެންމެން އައިސް ހަނގުރާމަތައް ކޮށްފައި
އެތަން މިތަނުން ޔަހޫންދީތައް ގެނެސްދީ ހެދިޔެ އިޒުރޭލަށް
