ރައްޔިތުން ދުނިޔޭގެ ހައްލައިގެން ގަދަރު އުފުލާ ތަނެއް
ބައްރުގައި ފިތުނައިގެ އޮއްޓަރު އިންދަމުންދާ ގޯސް ތަނެއް
މުސްލިމުންނަށް ވެލިފުކެއް ވެސް ރުހުމުގައި ދީފައި ނުވާ
ދުޝްމިނުން ކަމުގައި ބަލައިގެން ބިކަ ކުރަން ވިސްނާ ތަނެއް
ހުޅަނގު މީހުންނާ ޔަހޫދީންނަށް ޙިމާޔަތް ދިނުމުގައި
އުޅަނދުތައް ޖައްވާ ކަނޑުން ދުއްވައި މަދަދުދޭން އޮތް ތަނެއް
މުސްލިމުން ނެތިކޮށް މަރައި ހުސްކޮށްލުމަށް މަގުފަހިކުރަން
"ބުޝްތަކުން" ހިތުހުރި ގޮތަށް މައިސޯބު އަނބުރައިދޭ ތަނެއް
ގާޑުއޮފް އޮނަރުން ޝަރަފް ހޯދަން އެދޭ ހުރިހައި ވެރީން
ފާޑުފާޑުގެ ކޯޓުލައިގެން ފޮނިކަނޑަން ދާން އޮތް ތަނެއް
ގައުމުތައް މަދަނީންގެ ޙައްޤެއް ނުދެވުނަސް ހެވެ އަމުދަކުން
ދައުލަތުގެ މުޅި އާމްދަނީ ދީ ޚަރަދު ކުރުމަށް އޮތް ތަނެއް
ހަމައެކަނި ހުޅަނގުގެ ވެރީން އެވެރިން ހިތަށް އެރިހައި ކަމެއް
ހަމަތަކަށް ބެލުމާ ނުލައި ކުރުމަށް އުފެއްދި ނުބައި ތަނެއް
