Support Us

ކޮލަމް: ދިނަށަ

ކޮލަމް ދިނަށަ: ދުނިޔޭގެ ބައްރުގައިވާ އެންމެ ނުބައި ބަޔަކީ ޔަހޫދީން

ދުނިޔެއަކީ ދުނިޔޭގެ ވެރި الله سبحانه وتعالى އެތާނގައި ލެެއްވި ދިރުންހުރި ކޮންމެ އެއްޗަކަށާއި ކޮންމެ ދިރޭ އެއްޗަކަށް ވެސް އޭގެ އަޖަލު ހަމަވާންދެން އެކަލާނގެ ލެއްވި ރިޒުޤުން ކައިގެން ބޮއިގެން “ވުމުގެ” ޙައްޤު ހަމަހަމަ ގޮތުގައި ލެއްވި ތަނެކެވެ!

އެހެނަސް، ޝިކާރަކުރާ ދޫންޏާއި ޖަނަވާރާއި އިންސާނުންގެ ސަބަބުން ބިމުގެ ހަމަހަމަކަމުގެ (ޢަދުލުވެރިކަމުގެ) ޙައްޤުވަނީ މި ބިމުން އުވި ނެތިގެން ގޮސްފައެވެ! އެކަން އިންސާނުންގެ ކިބައިން އެންމެ ބޮޑަށް ފެނި ހާމަވެގެންދާ އެއް ގަރުނަކީ މި 21 ވަނަ ގަރުނެވެ!

އެކަމަކު 21 ވަނަ ގަރުނަކީ، އިންސާނިއްޔަ ތަހުޒީބާއި ޢަދުލު އިންޞާފުގައި އިންސާނުން ފަޚުރުވެރިވެ ނަށަމުންގެންދާ ޤަރުނެވެ!އެހެނަސް ފަލަސްޠީނުގެ ރައްޔިތުން ތަޙައްމަލު ކުރަމުންދާ ހައިހޫނާއި ވޭންތަކަށްޓައި ފިރުމައިލާނެ ރަޙުމެއްހުރި އަތެއް ހިތެއް މި ބިމަކު މިއަދަކު ހުރިކަމަކަށް ނުވިއެވެ.

ފަލަސްޠީނުގެ ރައްޔިތުންނަށް ދިރިހުރުމުގެ ޙައްޤު ނެތްތާނގައި ނޭވައިލާނޭ ސާފު ވައެއް އޮކްސިޖަނެއް ބޯފެންފޮދެއް ވިޔަސް ލިބުމުގެ ޙައްޤެއް މަގެއް ވެސް ނެތެވެ! ހަމަ އެމީހުން ފަދަ އިންސާނުންގެ ބަޔަކުވަނީ އެ ހުރިހައި މަގެއް ފަލަސްޠީނީންނަށް ބަންދުކޮށްފައެވެ!

އެހިނދު 21 ވަނަ ގަރުނަކީ އެންމެ ދަށު ދަރަޖައިގައި ދުނިޔެ ދުށް ގަރުނުކަން ހާމަވިޔެވެ. އަދި ދުނިޔޭގެ ބައްރުގައިވާ އެންމެ ޖަންގަލީ އުސޫލު އޮތީ ހުޅަނގުގައިކަން ވެސް ހާމަވިއެވެ! އަދި ސަމާވީ ދީންތަކުގެ އަހުލުވެރީންކުރެ އަދި ދުނިޔޭގެ ބައްރުގައިވާ އެންމެ ނުބައި ބަޔަކީ ޔަހޫދީންކަން ވެސް ހާމަވިއެވެ!