މަރާލާފައި ދެލޯ، ގޮސް ދޭންހެވީ؟ ހަމަ ވޯޓް ހީލާފައި
ފަރާ، "ހަމަލަމަތަކުން އޮޑި" ފޭ ވިޔަސް ނޭނގޭކަމަށް ދެކެފައި
ދުރާގާތާ ބަލައި ދުރުމީ އަޅައި ވަޢުދުގެ އިވުނު ލިސްޓުން
މުރާދެއް ހެޔޮ ފުދޭން ގައުމަށް ރިވެތި ޚުލުޤުން ނުވާ ތާނގައި
ބަލަން މުޅި ދުނިޔެ ލޯދީގެން ތިބޭއިރު ތަނުގެ ކެމްޕޭނުން
ގަލަން އަދި ދޫ، މަތީ އުފުލަން ނުވާ "ފުޅަބަސް" ގޮވާ އިރުގައި
މަނާކުރުމެއް ނަސޭޙަތަކުން ނުވާތީ އެހެރަ ކަންކަމުގައި
ތަނާ ޅަދަރީންގެ ތެރެއަށް އާ ހުތުރުބަސް އިތުރުވާ ހިނދުގައި
ރިވެތި ޚުލުޤާ ދިވެހިބަސް ގައުމުގައި އާލާކުރަން ޖެހުނަސް
ދިވެހިގައުމިއްޔަތުގެ އެ ބަހާތަކަށް ނަޒަރެއް ނުދޭ އިރުގައި
ޙަސަދަޔާ ވާދަޔާ ފިތުގައިގެ އޮއިވަރުގައި ކަތުން ޖެހިގެން
ނަސަބު ހަސަބުގެ ގުޅުން ނެތް އެއްޗަކަށްވެ ފަސާދަ ވާއިރުގައި
ތަރައްޤީއާ ގެދޮރު ފްލެޓާ ހިލޭދޭ ޚިދުމަތުގެ އަޑުއިވި
ދަރަށް އުނދުނުގެ އަދަބު އަޚްލާޤު ގައުމުގެ ޖައްސަމުން ދާއިރު
ބިނާ ގައުމިއްޔަތުގެޖީލެއް ކުރެވި "ޙުއްބުލްވަޠަން" ދިރުވައި
ބިނާ ޤައުމިއްޔަ ގަދަފަދަކޮށް ދެވޭ ވަޢުދެއް ނުވާ އިރުގައި
