ރާގު: ނޭތަމެ ހިތުލައި ކަމެއް އޮވެގެން… (ބޮޑުދަތުރު ފަރިހީގެ ރާގު).
ކޮށްބަލަ! އަދި އެއްފަހަރު ކާވެނި
ކޮށްފައި ވަރިއެއް ނުދާނަމެ ދެން
ކޮށްފައި ބުނަމޭ ހުވާ!
ނުންކުލު ހިތު ލޯބި ފުރުމުން، ސުންނަފު ބަޔަކަށް ވުމުން 2
ރުންއަސަ ކެތްކޮށް ލެވެން ނެތުމުން، ރުންމިވަ ކުރަމޭ ރޮމުން އާދޭސް
ކޮށްފައި ބުނަމޭ ހުވާ!
ފައިލިބިދީ ވީއެ ހުރިހައި، ގައިހިތު ވީމާ ފުރައި 2
މައިގެގޮ ވަސްމީރު ތިޔަ ކަމުގައި، ގައިއެކު އަބަދަށް ވުމަށް އާދޭސް
ކޮށްފައި ބުނަމޭ ހުވާ!
ލެއްފަދަ ފިނިފެންމަ ކަމަނާ، ގެއްލުނު ހިނދުޔަށް އަނާ 2
ވެއްޖެ ތުރާލާއި ގަދަ ވޭނާ، އެއްފަރުވާ ނެތް ކަމުން އާދޭސް
ކޮށްފައި ބުނަމޭ ހުވާ!
ކުންދުލަ އިޤްރާރު ނުވެވޭ، މުންގަލަ ނުމެލިޔެ ދެވޭ 2
ރުންއަހަ ހިތުގައި މިއަދު މިވެވޭ، ކުންގަދަފަދަ ލޯތްބަ ކޮށް އާދޭސް
ކޮށްފައި ބުނަމޭ ހުވާ!
