Support Us

ހަނދާނަށް އައުދެޔޭ އެދުވަސް

ހަނދާނަށް އައުދެޔޭ އެދުވަސް ދިވެހި ގައުމީ ދުވަސް އައުމުން
ތަދާ ވޭންތައް ދެމުން ދިޔަ ހިތި ދުވަސްތައް ހަނދުމަކޮށް ލެވުމުން

ދިވެހި ގައުމާއި ދީނާ އަދި ސަގާފަތު ލުހެ މި ދީބުންލައި
ދިވެހި ދިދަ ބާލުވާފައި ފުރެތިކާލުން ދިދަ އުފުއްލި ކަމުން

މުޅިން މަޖްބޫރު ކުރުވައިގެން ހިލާ ބޮއްޔާ މަހާ ބާނާ
އުޅިން ގުނަމުން ވަށާ ރޯނާ ފަނާ އަތުލައި ޖިޒީ ނެގުމުން

އަރައި ރުއްރުކުގެ ބޮންތީގައި އެމީހުން ހިފިހިނދުން، ދިވެހީން
ކަރަށް ބަނގުރާ އަޅައި ބޯންދީ އިހާނެތި ވޭންތަކެއް ދިނުމުން

ފަނުން މިސްކިތް މިތާ ހުއްޓަސް އެތަންތާ ޙުރުމަތާ އެކުގައި
ތަނުން ދުޝްމިނު ޢަދުއްވުން ބަލިވުމަށް ދިޔުމުން ދުޢާ ކުރަމުން

އިޖާބަ ކުރައްވަވައި ރަޙުމަތް ފުޅުން ނަޞްރާ ނަޞީބު އައިސް
ހިޖާބު ނެގެވި ތަކުރުފާނުން ދިވެހި ދީބަށް ވިދައިލި ގޮތުން

އުތީމު ޙަސަން ތަކުރުފާނާ ދެހާޖީންނާއި ދަންޑެހެލާ
އުތީމު ރަދުންގެ މަތިވެރިވީ ޖިހާދާ ގުޅިވަޑައި ގަތުމުން

ނަގަން އަދު ވީއެއިން ޢިބްރަތް ދިމާވި އެ ޙާދިސާ ދަނެގެން
މަގަށް އުއްމަތް ދިވެހި އެޅިފައި އަބަދު އޮތުމުގެ ފިކުރު ކުރުމުން

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *