ތިރީގައި މިވަނީ އެކަނިވެރިކަމާ ބެހޭ ގޮތުން ބުނެފައިވާ ބުނުން ކޮޅެކެވެ.
- އޭނާގެ ވަށައިގެން ރީތިކަން އޭނާއަށް ފެންނަ މީހާ އެކަނިމާއެކަނި ހިނގުން އިޚްތިޔާރުކޮށްފާނެއެވެ.
- އިނބަގެ ބޭރުގައި އެއްވެސް އެއްޗެއް ނުވެއެވެ. ހުރިހާ އެއްޗެއް ވެސް ވަނީ އިނބަގެ ނަފްސުގެ ތެރޭގައެވެ. އެހެންވެ، އިނބަގެ ނަފްސުގެ އެތެރެއަށް ބަލައި ނަޒަރު ހިންގާށެވެ!
- މޮޅު މަތިވެރި މީހުންނަކީ ބާޒު ފަދަ ބައެކެވެ. އެ މީހުންގެ ހާލި އެ މީހުން ބިނާ ކުރަނީ ފަރުބަދަތައް ފަދަ ވަރަށް ވެސް އުސް ތަންތަނުގައެވެ.
- ކޮންމެ މީހެއްގެ ނަފްސުގައި ވެސް އެ މީހަކު އެކަނި އުޅޭނޭ ތަނެއް ވެއެވެ. ހިކި ނުދާނޭ އޭނާގެ ފެންއާރުތައް އޭނަ ބިނާކުރަނީ އެ ތަނުގައެވެ.
- އެކަނި އަމިއްލަ ނަފްސާއެކު އުޅެން ދަސްވުމުން އެކަނިވެރި ނުވާކަން އެނގޭނެއެވެ.
- ބައެއް ފަހަރުފަހަރު، އެކަނިވާން ވެސް ޖެހެއެވެ. އެކަނިވެރިވުމުގެ ބޭނުމުގައެއް ނޫނެވެ. ނަމަވެސް، އެކަނިވެ، އަމިއްލަ ނަފްސާއެކު ވަގުތުކޮޅެއް ހޭދަކޮށްލައި އަމިއްލަ ނަފްސާ މެދު ހިތްހަމަޖައްސައި އުފާކުރާށެވެ.
- އެކަނިވެރި މީހުންނަކީ އެންމެ ހެޔޮ މީހުންނެވެ. އެ މީހުން އެކަނިވާ ވަގުތުތަކުގައި ބައެއް ފަހަރު ރުއިކަމުގައި ވިޔަސް، އެ މީހުންގެ ހިނިތުންވުންތައް މުޅި ދުނިޔެއަށް ހަދިޔާކުރުންމަތީ އެ މީހުން، އަބަދުވެސް، ދެމިތިބެއެވެ.
- އެކަނިވެރިކަމުގެ އިހުސާސުވުން ބުނެދެނީ އެކަނިވުމުން އަޅާ ވޭނެވެ. ނަމަވެސް، އެންމެނާ ވަކިން ޚަލްވަތުގައި، އެބަހީ އެކަނި އިނުން ބުނެދެނީ އެކަނިވުމުގެ މަތިވެރިކަމާއި އެހާލަތާ ގަޔާވާ ކަމެވެ.
- ބައެއް ފަހަރު، އެންމެނާ ވަކިން އެކަނި ވަގުތު ހޭދަކުރަން ޖެހެއެވެ. އެއީ އެކަން ތަޖުރިބާކޮށް، ތިމާގެ އަމިއްލަ ނަފްސު ދެނެގަނެ، އަމިއްލަ ނަފްސަށް ލޯބިކޮށް އަދި އަމިއްލަ ނަފްސުގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ.
- އިންސާނާ ދުނިޔެއަށް އަންނަނީ ވެސް އެކަންޏެވެ. އަދި ދުނިޔެ ދޫކޮށް ދާނީ ވެސް އެކަންޏެވެ. އެ ދެމެދުގައި މީހުންނާ އެކު އުޅެން ޖެހުނު ކަމުގައި ވިޔަސް، އެއްވެސް މީހަކީ، ދާއިމީ ސިފައެއްގައި، ތިމާގެ މުނިފޫހިފިލުވައިދޭނޭ މީހެއް ކަމުގައި ބަލައިގެން ނުވާނެއެވެ. އެފަދަ މީހަކީ ތިމާގެ އަމިއްލަ ނަފްސުކަން އަބަދުވެސް ދަންނަން ޖެހޭނެއެވެ. އެކަން ދެނެ ގަނެވިއްޖެ ނަމަ، އިންސާނާ އެކަނި ވިޔަސް، ދުވަހެއްގައި ވެސް އޭނާ އެކަނިވެރިއެއް ނުވާނެއެވެ.