ދޫނިތައް ރޯތީ އެހީމޭ ތިޔަ ރޮނީ ފަހެ، ކީއްވެހޭ
ދޫނިތައް ބުނަނީ ކުށެއްނެތި ޤައިދު ކުޅައީ ކީއްވެހޭ
އަހަރެމެން ދޫނީގެ ގޮތުގައި ލެއްވެވީ ﷲ އޭ
އަހަރެމެން މިގޮތަށް ކޮށީގައި ގެންގުޅެންވީ ކީއްވެހޭ
ޙައްޤަކާ ނުމެލައި ޢުޤޫބާތެއް ނުވޭ ބަލަ ދީނުގައި
ޙައްޤު މިގޮތަށް މި އަނިޔާ ދީ އެއުޅެނީ ކީއްވެހޭ
މިންޖުވޭތޯ އަހަރެމެންނަށް ހަމައޮތީ ކުރުމޭ ދުޢާ
މިންވަރަށް އެދި ހެޔޮދުޢާ ނުމެކޮށް ތިބޭންވީ ކީއްވެހޭ
ރަޙުމަތުން ރަޙުމާނުވަންތަ ކަލާނގެ ރަޙްމަތް ލައްވަވައި
ރަޙުމު ހިތަކަށް ލެއްވުމަށް ނުކުރަން ދުޢާވީ ކީއްވެހޭ
މަދުބަޔަކު މިގޮތަށް މިކަންކުރަނީއެއީ، ހޭ؟ ނޭނގުމުން
އަދު، އެނގޭއިރު ޙައްޤު، މިގޮތަށް ކަންކުރެވެނީ ކީއްވެހޭ
