Support Us

ޝެރާ ގްރޫވް ބޯޑު ސްޓީލް ހާޑްވެއާއިން ތައާރަފުކޮށްފި

ހޮޓާތަކާއި ރިސޯޓުތަކުގެ ފިނިޝިން އާއި އިންޓީރިއާ ޑިޒައިނިންއަށް މިހާރު އެންމެ މަގުބޫލީ ގްރޫވް ބޯޑެވެ. އެކަމަށް ދެބަސްވެވޭކަށް ނެތެވެ. ގްރޫވް ބޯޑުގެ އެންމެ ފަހުގެ އުފެއްދުމަކީ "ޝެރާ"އެވެ. މިއީ ދުނިޔޭގައި ވެސް އެންމެ މަގުބޫލްކަން ހޯދަމުން އަންނަ ވައްތަރެވެ.

ސްޓީލް ހާޑްވެއާއިން ވިއްކާ ޝެރާ ގްރޫވް ބޯޑަކީ ފްލޯރިން އާއި ސީލިންގް އަދި އެތެރެ އާއި ބޭރުގެ ފާރުގައި ވެސް ބޭނުން ކުރެވޭނެ، ވަރަށް ހިތްގައިމު ބޯޑަކަށް ވާތީ އޭގެ ޑިމާންޑް ވަނީ ވަރަށް ބޮޑުވެފައެވެ. މި ބޯޑަކީ އަލިފާން ނުހިފާ، ކަތުރުފަނި ނާޅާ ޓާމައިޓް ފްރީ ބޯޑެކެވެ. އަދި އޮރިޖިނަލް ޝެރާ ބޯޑުގެ ހުރިހާ ފީޗާއެއް ޝެރާ ގްރޫވް ބޯޑުގައި ވެސް ހިމެނެއެވެ. ހަމައެކަނި ތަފާތަކީ އަލަށް ތައާރަފް ކުރި ބްރޭންޑުގައި ޑިޒައިންތައް ހުރުމެވެ.

ސްޓީލް ހާޑްވެއާ އިން ބުނީ ތައިލެންޑުގެ އުފެއްދުމެއް ކަމަށްވާ ޝެރާ ގްރޫވް ބޯޑުގައި އެ މީހުން ބޭނުން ކުލައެއް ލައި، ބޭނުން ގޮތަކަށް ޑިޒައިންކުރެވޭނެ ކަމަށެވެ. އަދި ޝެރާ ގްރޫވް ބޯޑަކީ ލަކުޑީގެ ޓެކްސްޗާ އާއި ފީލް ހުންނަ ބޯޑެއް ކަމަށް ވާތީ، ވާނިޝްކުރަން ބޭނުން ނަމަ ވާނިޝްވެސް ކުރެވޭނެ ކަމަށް ވެސް ސްޓީލް ހާޑްވެއާ އިން ބުނެއެވެ.

ސްޓީލް ހާޑްވެއާއިން މިހާރޔ ވިއްކަމުންދާ އެންމެ މަގުބޫލު އެއް ޕްރޮޑަކްޓަކީ ޝެރާ ގްރޫވް ބޯޑު ކަމަށް ވެސް އެ ފިހާރައިން ބުންޏެވެ.