Support Us

ޝަހީދުކޮށްލި ދެ މުޖާހިދުން

އިސްރާއީލުން ޠަލްކަރަމަށް އަރައި ފަލަސްޠީނުގެ ދެ މުޖާހިދަކު ޝަހީދުކޮށްލައިފި

އިސްރާއީލު ސިފައިން ހުޅަނގު އައްސޭރީގެ ޠަލްކަރަމު ސަހަރުގެ ނޫރުއް ޝަމްސި ފޭލިގެ އަވަށަށް އަރައި ފަލަސްޠީނުގެ ދެ މުޖާހިދަކު މިއަދު ޝަހީދުކޮށްލައިފިއެވެ. މި ދެ މުޖާހިދުން ޝަހީދުވީ އިސްރާއީލު ސިފައިންނާ އެ މީހުންނާ ދެމެދުގައި ހިނގި ކުރިމަތިލުމެއްގައެވެ.

ފަލަސްޠީނުގެ ޞިއްޙަތާބެހޭ ވުޒާރާ ބުނާގޮތުގައި ސަރުކާރުގެ ޑރ. ޘާބިތު ހަސްފަތާލަށް މި ދެ މީހުންގެ ހަށިގަނޑު ގެންދޔައިރު ވަނީ ޝަހީދުވެފައެވެ. އެ ދެމީހުންގެ ހަށިގަނޑުގެ އެތަންމިތަނަށް ވަޒަން އަރައިފައިވެއެވެ.

ޖަޒީރާގެ ރިޕޯޓަރު ބުނިގޮތުގައި ހުޅަނގު އައްސޭރީގެ ޠަލްކަރަމު ސަހަރުގެ ނޫރުއްޝަމްސު ފޭލިގެ އަވަށަށް އިސްރާއީލުގެ ބާރުތަކުން އެރީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އިސްރާއީލު ސިފައިން އެ އަވަށަށް އެރުމުން ފަލަސްޠީނުގެ ފިދާއީން އެމީހުންނާ ކުރިމަތިލިއެވެ. މަންޒަރު ދުށްމީހުން ބުނާގޮތުގައި އިސްރާއީލު ސިފައިން މި އަވަށަށް ވަނީ ޝަހީދުކޮށްލި  ދެ މީހުން ހައްޔަރުކުރަންވެގެންނެވެ. މި ދެމީހުންނަކީ ސާމިރު ޞަލާޙުއްޝާފީއާއި ޙަމްޒާ ޚަރްޔޫޝެވެ. އިސްރާއީލު ސިފައިންނާ މި އަވަށުގެ މީހުންނާ ދެމެދުގައި ދޮޅު ގަޑިއެއްހާއިރު ކުރިމަތިލުންތައް ކުރިއަށް ދިޔައެވެ.

އިސްރާއީލުގެ މި ޙަމަލާއާ ވިދިގެން ޝުހަދާއުލް އަޤްޞާ ޖަމާޢަތުން ނެރުނު ބަޔާން ބުނާގޮތުގައި "އަހަރެމެންނަށް ލިބުނު ވޭނާ އެއްވަރުގެ ރައްދެއް ދޭނަމެވެ." މި ޙަމަލާގައި ޝަހީދުކޮށްލި ޙަމްޒާ ޚަރްޔޫޝަކީ އިފްނީ ޙައިވްތިސް ޔަހޫދީ އާބާދީއަށް އަރައި ފިދާއީ ޢަމަލުތަކެއް ހިންގި މީހެކެވެ. މި ދެމީހުންނަކީ އަޤްޞާ ޖަމާޢަތުގެ ދެ މުޖާހިދުންނެވެ.

ޙަމާސުން ނެރުނު ބަޔާން ބުނާގޮތުގައި "ނޫރުއްޝަމްސިގައި އިސްރާއީލުން ހިންގި ޖަރީމާއަށް ރައްދެއް ނުދީ އަހުރެމެން މަޑަކުން ނުތިބޭނަމެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *