"ދިރާސާކުރުމާއި ފަތުވާ" މި ސުރްޚީގެ ދަށުގައި މިސްރުގެ އަޒްހަރުގެ ޢާލަމީ އެކަޑަމީން އިމާމުން ތަމްރީނު ކުރުމުގެ ސިންތާއެއް އިއްޔެ ފަށައިފިއެވެ. މި ތަމްރީނު ބުރު މި އެކަޑަމީން ފެށީ އަޒްހަރުގެ އިމާމު ފަޟީލަތުއް ޝައިޚު ޑރ. އަޙްމަދު ޠައްޔިބުގެ އިރްޝާދާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
މި ސިންތާ ޚާޢްޞަކޮށްފައި ވަނީ މިޞްރުގެ ވާޢިޒުންނާއި ވާޢިޒާއިންނަށާއި އިމާމުންނަށެވެ. މި ބުރުގެ އަމާޒަކީ އަޒްހަރުގެ ދައުރާއި ރިސާލަތު އަދާކުރުމަށް ބޭނުންވާ ޤާބިލު ބަޔަކަށް މިޞްރުގެ ވާޢިޒުންނާއި ވާޢިޒާއިން ހެދުމާއި މި މައިދާނުގައި އިސްލާމީ ޤައުމުތަކަށް ބޭނުންވާ މީހުން ތަމްރީނުކޮށްދޭނެ މުދައްރިބުން އުފެއްދުމެވެ.
މި އެކަޑަމީގެ ރައީސް ޑރ. ޙަސަނުއް ޞަޣީރު ވިދާޅުވިގޮތުގައި މި ސިންތާގައި ޝަރްޢީ ނައްޞުތައް ދިރާސާކުރުމަށް ބޭނުންވާ ޢިލްމީ މަންހަޖު ދަސްކޮށްދޭނެއެވެ. އަދި ޝަރްޢީ ނައްޞުތަކުން ފިޤްހީ ތަޙްލީލުތައް ކުރާނެ އުޞޫލުތަކާއި މަގުތައް ދަސްކޮށްދޭނެއެވެ. މީގެ އިތުރަށް ޝަރްޢީ މަޤާޞިދުތަކުގެ ފިޤްހާއި ނަވާޒިލް ފިޤްހީ މަސްއަލަތަކާއި ފަތުވާ ބޭނުންވާ މީހުންނާއެކު ރިވެތި ގޮތުގައި ތަވާޞުލުކުރުމުގެ ޒައުގާއި އުސްލޫބުތައް ދަސްކޮށްދޭނެއެވެ.



advertisment