(މިއީ ފަޟީލަތުއްޝައިޚުއް ދުކްތޫރު މުޙަންމަދު ޤުބާދު އަބޫބަކުރު ލިޔުއްވާފައިވާ ރީތި ޝާޢިރިއްޔަތުގެ ބަސްކޮޅެއް އޭގެ އަޞްލު ނުގެއްލޭނޭ ގޮތުގެމަތީން ޅެންބަހަށް ގެނައުމަށް އަޅުގަނޑު އެކުލަވާލި ޅެމެކެވެ.)
ގިނިރޯވެގެން ހަނދާންތައް ހިތުގައި އަނދާ ވަޤުތުގައި
ފިނިކަން ލިބުން އަދައި "ވޮށް" ނިއްވައިލެވޭ މިގޭގައި
މޭގައި ތިބާގެ ޢިޝްޤުން ގިނި ރޯވެގެން އަނދާ ހިނދު
ގޭގައި ޖެހޭހެ ބޭނުން؟ "ކަނދިލީގެ" އަލި ކަމެއްގައި
ކުރުކާލި ކަނޑަމެ މަގުގައި އުޅުނަސް ތިބާ ނެތަސްވެސް
ފުރުޞަތުނުދީ ހަނދާންތައް ހިތުގައި ކެކޭ އިރެއްގައި
ރޭގައި ވެހުނު ކަމަކު ވާރޭ، މާގިނަވި ކަރުނަ އޮހޮރުން
އޭގައި މަގޭ ހެދުންވެސް ތެމި ފޯވިޔޭ އެކީގައި
ގައިމޭ އަލުން ޔަޤީނޭ ފޮޅުވޭނެޔޭ މަލާމެލި
ލައިލާގެ ލޯބި އަނބުރާ ހިތަކަށް ލިބޭ ވަޤުތުގައި
ވަޞްލުގެ ޝަރާބު ނުދިނަސް ތިޔަހެން ގުޅުން ކަނޑާލައި
ގަސްތުން ނުބޯނަމޭ ދެން ބުއިމެއް މި ގުލްޝަނެއްގައި
ރުއިމޭ މިއަދު އޮތީ ދެން ސިއްރުން ތި ޔާރުނަށް ވެސް
ލުއިކަން ހިތަށް ލިބޭތޯ ގިސްލާ ރޮވޭ ރުއިމުގައި
ވައިރޯޅިޔަށް މަ އެދެމޭ ދިނުމަށް ތިބާގެ މީރުވީ ވަސް
ގައިއެކުވިހައި ވަޤުތު ނެތި ކެތްމަދުވުމުން މި ހިނދުގައި
ވަސްމީރު ރީތި ތިޔަ ލައިލާ ވީތަން އެނގޭ ޔަޤީންކޮށް
ކަސްތޫރި ވަސް ކޮޅުން ހަށި، ވައިރޯޅި ގެންނަ އިރުގައި
