Support Us

ކޮލަމް: އަލި

މި ދައްތަ އާއި ކޮއްކޮ މިހާރު ކޮބައިބާ؟

ފޮޓޯއިން ތިޔަ ފެނިވަޑައިގަންނަވަނީ މީގެ 28 އަހަރު ކުރީން އަޅުގަނޑާ ދިމާވި ވަރަށް ޚުލްޤު ހެޔޮ، ހިތް ހެޔޮ، އޯގާވެރި ދައްތައެކެވެ. އެއީ އަޅުގަނޑު އޯލެވެލް ނިންމައި ޗުއްޓީއަށް ރަށަށް ދިޔަ ދަތުރުގައި މާބޮޑަށް ވިއްސާރަކޮށްގެން ބޯޓު ބަނދަރުކުރި ރަށަކުން ދިމާވި ދައްތައެކެވެ. އެއީ 1995ވަނަ އަހަރެވެ. ރޯދަމަހެކެވެ. ކޮން އަތޮޅެއްގެ ކޮން ރަށެއް ކަމެއް އެއް ގޮތަކަށް ވެސް ދަންނަވާކަށް ނޭނގެއެވެ. ފެލިދެއަތޮޅުގެ ނުވަތަ މުލަކަތޮޅުގެ ނުވަތަ ހައްދުންމަތީގެ ރަށެއްކަމަށް ލަފާ ކުރެވެއެވެ. ބޮޑަށް ހަނދާންވަނީ ފެލިދެއޮތޮޅު އާދެ ވ.އަތޮޅުގެ ރަށެއް ކަމުގެ ހަނދާނެވެ.

ބޯޓު އޭގެ ފަރި ދުވެލީގައި ދަނިކޮށް މާ ބޮޑަށް ވިއްސާރަ ހެދީއެވެ. ދެން އެ ރަށެއްގައި ބަނދަރުކުރިއެވެ. އަޅުގަނޑާ އެކު އަޅުގަނޑުގެ ތިމާގެ ކުއްޖަކު ވެސް ހުއްޓެވެ. އެ ރަށަކަށް އަރައި ތާހިރުފާހިރުވެލުމަށާއި ކަރުހިއްކުން ފިލުވާނެ ގޮތެއް އޮތްތޯ ބަލަން ހިނގަމުން ދަނިކޮށް މި ފޮޓޯއިން ތިޔަ ފެންނަ ދައްތައާ ދިމާވިއެވެ. ހަނދާންވާ ގޮތުން އެ ދައްތަގެ ގެ ހުންނަނީ އެ ރަށު މާމަގުގައެވެ. އަޅުގަނޑުމެން އެގެއަށް ވައްދައިގެން މެހުމާންދާރީ ވަރަށް ފުރިހަމައަށް ދިނެވެ. ދަތުރުވަރުބަލިވެފައި ތިބި ތިބުމުންނާއި ބީރައްޓެހިކަމުގެ އިހުސާސްތައް ކަނޑުވައިދިނީ މި ދައްތައެވެ. ދަތުރުވެރިން ކަމުން އަޅުގަނޑުމެން ތިބީ ރޯދައަކަށް ނޫންކަން ދައްތަ ގާތުގައި ބުނުމުން އަޅުގަނޑުމެންނަށް ޓަކައި ނޫޑުލިސް ކައްކައިދިނެވެ. އަދި ވަރަށް ކަމޭހިތިއެވެ.

މި ފޮޓޯއަކީ އަޅުގަނޑު ނެގި ފޮޓޯއެކެވެ. އެއީ އޭރު އަޅުގަނޑު ގެންގުޅުނު ކެމެރާއަކުންނެވެ. މިހާރު މިހުންނަ ކަހަލަ ފޯނެއް އޭރަކު ނުހުރެއެވެ. މި ފޮޓޯ ނެގީ އެ ދައްތަގެ ގޭގެ ތެރޭގައެވެ. އުރައިގެން އެހެރަ ތުއްތު ކުއްޖާގެ އުމުރުން ގައިމުވެސް މިހާރު 29 ވަރަކަށް އަހަރު ވެދާނެއެވެ. އަޅުގަނޑު އެ ލޯބި ތުއްތުތުއްތު ދަރިފުޅު އުރީމެވެ. އެސޮރަށް ބޮސްދީ އެތައް ވާހަކައަކެއް ދައްކައި އެ ސޮރު ހެއްވައި ވެސް ހެދީމެވެ. ހަނދާނަކަށް ބަހައްޓަން ބުނެ އެ ދެ މައިންގެ ފޮޓޯއެއް ނެގީއެވެ. ހަނދާންވާ ގޮތުން އެއީ ދައްތަގެ މާމަ ކުއްޖެކެވެ.

ކޮންމެއަކަސް އަޅުގަނޑު މި އުޅެނީ މި ދައްތައާ ދިމާ ނުވެގެންނެވެ. އޭނާގެ ހެޔޮކަން ހިތަށް ވަންނަ ވަރުންނެވެ. އެ ތާރީޚީ ދަތުރުގައި މަޑުކޮށްލެވުނީ ކޮން ރަށެއްގައި ކަމެއް ނޭނގިގެންނެވެ. އެ މީރު ކެއުމާއި އެ ދީލަތި އޯގާވެރި މެހުމާންދާރީ ދިނީ ކޮން ރަށެއްގެ ކޮން ގެއެއްގެ މީހެއް ކަން ނޭނގިގެންނެވެ. ފެލިދެއަތޮޅާއި މުލަކަތޮޅާއި ހައްދުންމަތީގެ ރަށްރަށުން ދަންނަ އެތައް އެކުވެރީންނެއްގެ ގާތުގައި ވެސް އަހައިފީމެވެ. އެކަމަކު ވެސް ހަމަ މި އުޅެނީ އެނގޭ ވަރެއް ނުވެގެންނެވެ. އަޅުގަނޑު އަތުގައި އޮތީ ހަނދާނެކެވެ. އެއީ ހަނދާނަކަށް ޓަކައި ބާއްވަން ނެގި މި ފޮޓޯއެވެ.

މިއީ ކޮން ރަށެއްގެ ކޮން ގެއެއްގެ ކޮން ދައްތައެއްކަން ނިކަން އަޅުގަނޑަށް ސާފުކޮށް ދެއްވަބައްލަވާށެވެ. އެ ދައްތަގެ ހާލު އަޅުގަނޑަށް ސާފުވާނޭ މަގެއް ނިކަން ދައްކަވަބައްލަވާށެވެ. ތިޔަ އެކުވެރީންނަށް މި ކަމުގައި އަޅުގަނޑަށް އެހީތެރިކަމެއް ދެއްވިދާނެތީ ހިއްސާކޮށްލީއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
964

3 Responses

  1. ތިދައްތަ އަކީ ލ މާވަށު އަޝްރަފީިހިޔާ އާމިނަތު ޙަސަން
    އެދައްތައަކީ ހަމަ ވަރަށް ހުލްގުހެޔޮ ރަނގަޅު ދައްތައެއް
    ދައްތައާއި ދިމާވާނީ ލ މާވަށުން.

  2. Meehakah heyokoh hithumuge gothun kuda namaves kameh kohdheefinama eyge natheejaa v heenukuraafadha gothakah fenigen higaidhaane..Masha Allah…????????

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *