Support Us

ސުޢޫދީ ރަސްގެފާނަށް އީރާނުން ދަޢުވަތު އަރުވައިފި

އީރާނަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް އެދި ޠަހަރާނުން ސުޢޫދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒަށް ދަޢުވަތު އަރުވައިފި އެވެ.

އީރާނުގެ ޚާރިޖިއްޔާގެ ތަރްޖަމާނު ނާޞިރު ކަންޢާނީ މިއަދު ހާމަކުރެއްވި ގޮތުގައި އީރާނުގެ ރައީސް އިބްރާހީމު ރައީސީ ސުޢޫދީ ރަސްގެފާނަށް ދަޢުވަތު އެރުއްވީ އީރާނުގެ ރައީސަށް ރިޔާޟަށް ޒިޔާރަތް ކުރެއްވުމަށް އެ ރަސްގެފާނު ދަޢުވަތު ފޮނުއްވުމުންނެވެ.

އަނެއްކޮޅުން އީރާނުގެ ޚާރިޖިއްޔާގެ ގަލްފާ ބެހޭ އިދާރާގެ ޑިރެކްޓަރ ޢަލީ ރިޒާ ޢިނާޔަތީ ހާމަކުރައްވާ ގޮތުގައި އީރާނާއި ސުޢޫދީ ޢަރަބިއްޔާގެ އެންބެސީތައް މި އަންނަ މޭ މަހުގެ ނުވަ ވަނަ ދުވަހުގެ ކުރިން އަލުން ހުޅުވޭނެއެވެ. އޭނާ ހާމަކުރެއްވި ގޮތުގައި އެ ދެ ޤައުމުގެ ޚާރިޖީ ވަޒީރުން އޭގެ ކުރިން ބައްދަލު ކުރައްވާނެއެވެ.

ބޭޖިންގްގައި ސުޢޫދީ ޢަރަބިއްޔާއާއި އީރާން ސިޔާސީ ގުޅުން އިޢާދަކުރުމަށް އެއްބަސްވީ މި ދިޔަ މާރިޗު މަހުގެ 10 ވަނަ ދުވަހު އެވެ. މި އެއްބަސްވުން ބުނާގޮތުގައި އެ ދެ ޤައުމުގެ އެންބެސީތައް ދެ މަސްދުވަހުގެ ތެރޭގައި ހުޅުވޭނެއެވެ. މި އެއްބަސްވުމާ އެއްގޮތްވާގޮތުގެ މަތިން މި ދެ ޤައުމުގެ ޚާރިޖީ ވަޒީރުން ވަނީ ބޭޖިންގްގައި ބައްދަލު ކުރައްވައިފައެވެ. އެންބެސީތައް ހުޅުވުމުގެ ފަންނީ މަސައްކަތްތައް މިހާރު ދަނީ ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *