Support Us

ކޮލަމް ކޯދު: ނަފްސާނީ ބަލި މީހަކު ބުނާ ވާހަކައެއް

ނަފްސާނީ ހޮސްޕިޓަލުގެ ޑޮކްޓަރުގެ އާދައިގެ މަތިން، ހެނދުނުގެ ބުރު ފައްޓައި ފުރަތަމަ މީހާއާ ބައްދަލުކޮށް ސުއާލުކޮށްލިއެވެ.

ޑޮކްޓަރު: މިއަދަކީ ހުކުރުއައްޑުހުން ކޮންދުވަހެއް ހެއްޔެވެ؟

ބަލިމީހާ: މިއަދަކީ ހޮނިހިރެވެ.

ޑޮކްޓަރު ކުޑަކޮށް އުއްމީދު އާވިއެވެ. ބަލިމީހާއަށް ދުވަސް ފާހަގަކުރެވި، ރަނގަޅުވާހެން ހީވީމިއެވެ. ދެން ވެސް އިތުރަށް ޔަގީންކޮށްލުމުގެ ގޮތުން ޑޮކްޓަރު އެއްސެވިއެވެ.

"މާދަމާއަކީ ކޮން ދުވަހެއް ހެއްޔެވެ؟"

ޖަވާބުގައި ބަލިމީހާ ބުންޏެވެ: "ހޮނިހިރު ދުވަހެވެ؟"

ދެން ޑޮކްޓަރު އެއްސެވިއެވެ. "އެހެންވެއްޖިއްޔާ އިއްޔެއަކީ ކޮން ދުވަހެއް ހެއްޔެވެ؟"

އަނެއްކާ ވެސް ބަލީ މީހާ ބުންޏެވެ: "ހޮނިހިރު ދުވަހެވެ."

ދެން ޑޮކްޓަރު އެއްސެވިއެވެ. މިއަދާއި މާދަމާއާއި އަދި އިއްޔެއަކީ ވެސް ހޮނިހިރު ކަމަށް ވަންޏާ، އާދިއްތަ ދުވަސް އަންނާނީ ކޮން އިރަކުން ހެއްޔެވެ؟"

ޖަވާބުގައި ބަލިމީހާ ބުންޏެވެ: "އިއްޔެއާއި މިއަދާއި އަދި މާދަމައާ ވެސް ތަފާތު ދުވަހެއް އައިމައެވެ. އިއްޔެއާއި މިއަދާއި މާދަމާ ވެސް އޮތީ އަނިޔާވެރިކަމެވެ. ވައްކަމާއި މަކަރު ހެދުމެވެ. އޮޅުވާލުމާއި ފަސާދައިގެ އަމަލުތަކެވެ. އާދިއްތަ ވާންވާނީ މުޅިން އާ ދުވަހަކަށެވެ!"

ޑޮކްޓަރު ހިތާހިތާ ބުނުއްވިއެވެ. "ބަލި، ސިކުނޑި ހަމަނުޖެހޭ މީހުންގެ ނަޒަރަކުން ބެލިއަސް، އެއީ ހަމަނުޖެހޭ ވާހަކައެކޭ ބުނެވިދާނެ ބާވައެވެ؟"