Support Us

ހުޅަނގު އައްސޭރީގައި އިސްރާއީލުގެ ދެމީހަކު މަރާލައިފި

ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ އުރްދުން ވާދީގައި އޮންނަ އަލްޙަމްރާ ސަރަޙައްދުގައި ފިދާއީ ޙަމަލާއެއް ދީ ޔަހޫދީ ވަޒަންވެރީންގެ ތެރެއިން ދެ އަންހެނަކު މަރައިލައި އިތުރު މީހަކު ވަރަށް ބޮޑަށް ޒަޚަމުކޮށްލައިފިއެވެ. އިސްރާއީލު ސިފައިންގެ ތަރްޖަމާނަކު ބުނިގޮތުގައި މި ޙަމަލާދީފައި ވަނީ އަލްޙަމްރާ ސަރަޙައްދުގެ ޠޫބާސް ނަމަކަށް ކިޔާ ރަށުގައެވެ.

އިސްރާއީލުގެ ސަލާމަތީ ބާރުތައް ބުނާގޮތުގައި އެމީހުން މިހާރު ވަނީ އަރީޙާ ސަހަރާއި އުރްދުން ވާދީ ސަރަޙައްދު ވަށައިގެން ސަލާމަތީ ފިޔަވަޅުތައް އަޅައި ބަންދުކޮށްފައެވެ.

ޙަމާސް ޖަމާޢަތާއި އިސްލާމީ ޖިހާދު ޖަމާޢަތުން އުރްދުން ވާދީގެ މި ހަމަލާއަށް މަރްޙަބާ ކިޔައި ތާރީފު ކުރިއެވެ. އަޤްޞާ މިސްކިތުގެ ޙުރްމަތް އިސްރާއީލުން ކަނޑަމުންދާނަމަ މި ފަދަ އިތުރު ޙަމަލާތައް ދެނެކަމުގެ އިންޒާރު މި ދެ ޖަމާޢަތުން ދިނެވެ. މި ދެ ޖަމާޢަތުން ވެސް ބުނިގޮތުގައި މިއީ އަޤްޞާއަށް ޓަކައި ދެވުނު ޙަމަލާއެކެވެ.

އިސްރާއީލު ރޭޑިއޯ ބުނާގޮތުގައި އުރްދުން ވާދީގައި ދިން ޙަމަލާ ދީފައިވަނީ ކްލެޝިންކޯވް ބަޑިންނެވެ. އިސްރާއީލުގެ ޗެނެލް 12 ޓީވީ ބުނާގޮތުގައި މި ޙަމަލާދިން މީހުން ރަށުން ބޭރަށް ނުކުމެގެން ފިލައިފާނެތީ އިސްރާއީލުގެ ބާރުތަކުން ވަނީ އަރީޙާއާއި ނާބްލުސް މުޅިން ބަންދުކޮށްފައެވެ.

އިސްރާއީލުގެ ދިފާޢީ ވަޒީރު ޔޫއާފް ގެލެންޓް ވިދާޅުވާ ގޮތުގައި އުރްދުން ވާދީގެ ޙަމަލާއަށް ފަހު އިސްރާއީލުގެ ސަލާމަތީ ޙާލަތު ދިރާސާކުރުމަށް ޓަކައި ކެބިނެޓްގެ ބައްދަލުވުމެއް މި ރޭ ބާއްވާނެއެވެ.

އުރްދުން ވާދީގެ ޙަމަލާއާ ވިދިގެން އިސްރާއީލުގެ ފުލުހުންގެ ކަމިޝްނަރ ޖެނެރަލް އިސްރާއީލުގައި ހަތުޔާރު ގެންގުޅުމުގެ ލައިސަންސް އޮތް މީހުން ހަތިޔާރު ހިފައިގެން އުޅުމަށް މިއަދު ވަނީ ގޮވައިލައްވައިފިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *