ދެކުނު ލުބްނާނުގެ ތެރެއިން އިސްރާއީލުގެ އުތުރުގެ ބައެއް ރަށްތަކަށް މިއަދު ރޮކެޓް ޙަމަލާތަކެއް ދީފިއެވެ.
އިސްރާއީލުގެ ޗެނެލް 14 ބުނާގޮތުގައި 10 މިނެޓުގެ ތެރޭގައި 100 ރޮކެޓް ފޮނުވައިލައިފައި ވެއެވެ. މި ޙަމަލާތަކުގެ ސަބަބުން ދެ މީހަކު ޒަޚަމުވިއެވެ.
އިސްރާއީލުގެ އަމްނާ ބެހޭ އިދާރާ ބުނާގޮތުގައި މިއީ އަޤްޞާ މިސްކިތުގެ ޙުރްމަތް ކަނޑައި ފަލަސްޠީނުގެ މީހުން އެމިސްކިތުން ގަދަކަމުން ނެރެމުންދާތީ އެކަމަށް ދިން ފަލަސްޠީނުގެ ރައްދު ޙަމަލާއެކެވެ. މި ޙަމަލާއާ ވިދިގެން އިސްރާއީލުގެ ޙައިފާ ވައިގެ ބަނދަރު މިއަދު ބަންދު ކުރިއެވެ.
މި ޙަމަލާއާ ވިދިގެން އިސްރާއީލުން ބޮޑު ބަޑީގެ ޙަމަލާތަކެއް ދެކުނު ލުބްނާނަށް ދިނެވެ. އިސްރާއީލުން ސިފަކުރާ ގޮތުގައި މިއީ 2006ވަނަ އަހަރުގެ ފަހުން އިސްރާއީލަށް ދެކުނު ލުބްނާނަށް ދިން އެންމެ ވަރުގަދަ ޙަމަލާއެވެ.



advertisment