ކައު ރަސޫލާ އަންގަވައި ދެއްވެވި މަގުންތޯ؟ މިހިނގެނީ
ފައުޅުވާ ފިތުނައިގެ އޮއިވަރުގައި ދަމާފައި ގެންދަނީ
ދާންވި ރަށް ޗާޓުން އެނގޭނޭ ގޮތް ބަޔާންކޮށް ދެއްވުމުން
ދާންވި މިޞްރާބާ ދިމާޔަށްތޯ؟ އުޅަނދު ދުވެފައިދަނީ
ހޯދިގޮތް އަލި ތަރިތަކުން މަގު، ނޭނގެނީ އިރު އޮއްސުމުން
ދޯދިތައް އަލި އޮއްސުމުންތޯ؟ ދާ ދިމާ ވަކިނުވެވެނީ
ދައުރުވާ ދުނިޔޭގެ މޫސުން ފުރޮޅެމުން ދާދިއުމުގައި
ނައު ސަލާމަތް ކޮށްދެވޭ ނިޔަމިން ނެެތީތޯ؟ ދީލެނީ
ހުޅަނގު މޫސުމުގައި ނަގާ ކޮޅިކޮޅިގަނޑާ ގަދަފަދަ ވަޔަށް
އުޅަނދު ދުއްވައި ނުލެވިގެންތޯ؟ ގިނަ ރިޔާތައް ދޫވަނީ
ހުރި ޢަރުޟު ޠޫލާ ބަލާފައި ދާންވި ތަން ރަނގަޅަށް ބަލައި
ކުރި ދިމާޔަށް ދާންވި އަނބުރަން ނުޖެހިގެންތޯ؟ މިތިބެނީ
