Support Us

ރޫސީ ޚާރިޖީ ވަޒީރު ލެވްރޯވް

ޔުކްރޭން ހަނގުރާމައިގައި ހުޅަނގު ސީދާ ބައިވެރިވާ ކަމަށް ރަޝިޔާ ތުހްމަތުކޮށްފި

ޔުކްރޭނުގައި ރަޝިޔާއާ ދެކޮޅަށް ހުޅަނގުން ސީދާ ބައިވެރިވެގެން ހަނގުރާމަ ކުރަމުންދާ ކަމަށް ރޫސީ ޚާރިޖީ ވަޒީރު ސަރުގޭ ލެވްރޯވް ވިދާޅުވެއްޖެއެވެ.

އޭނާ ކިޔުބާ ނޫސް އޭޖެންސީއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވިއެވެ. "ނާޒީ ނަޒަރިއްޔާއަށާއި މި ނަޒަރިއްޔާގެ ޢަމަލީ ޕްރޮގްރާމުތަކުގައި ހުޅަނގުން ވަކި ފަރާތަކަށް ނުޖެހޭ ކަމަށް ބުންޏަސް އަހުރެމެންނަށް އެ ވާހަކަތައް ޤަބޫލެއް ނުކުރެވޭނެއެވެ."

ޔުކްރޭނުގެ ރައީސް ޒިލެންސްކީ ރަޝިޔާއަށް ސަލާމަތީ މަޖިލީހުގެ ރިޔާސަތު ދިނުމަކީ ޤަބޫކުކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވުމުން ހުޅަނގުން ވަނީ މި ވާހަކައަށް ތާއީދުކޮށްފައެވެ. ސަލާމަތީ މަޖިލީހުގެ ރިޔާސަތަކީ މެންބަރު ޤައުމުތަކުގެ މެދުގައި ދައުރުވާ ގޮތަށް އދގެ ޗާޓަރުގައި ހަމަޖެހިފައިވާ ކަމެކެވެ.

ރޫސީ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ. "ހުޅަނގުން ގެންގުޅޭ މި ސިޔާސަތަކީ ޔުކްރޭން ހަނގުރާމައިގެ ތެރެއަށް އެ ޤައުމުތައް ވެއްޓިފައިވާ މިންވަރު ހާމަކޮށްދޭ ކަމެކެވެ." ލެވްރޯވް ވިދާޅުވިއެވެ. "އެ މަސައްކަތް ތަންފީޒު ކުރަނީ ކިޔީފުގެ އަމުރަށް ޔުކްރޭން ސިފައިންނެވެ."

ލެވްރޯވުގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވި ގޮތުގައި ޔުކްރޭނުގެ ޒަޢީމުންނާއި އިސްވާރުންގެ ބަހަކީ "ހަމަލާދިނުމަށް ބޭނުންވާ ވަރަށް ހުޅަނގުން ޔުކްރޭނަށް ހަތިޔާރު ނުދޭނަމަ ގެއްލުން ލިބޭނީ ހަމަ އެމީހުންނަށެވެ." މިއީ "ވަރަށް ފުރިހަމަ އިޢުތުރާފެކެވެ. މިއިން އެނގެނީ ހަމަ އެންމެ އެއްޗެކެވެ. މި ހަނގުރާމައިގައި ހުޅަނގު ސީދާ ބައިވެރިވާ ކަމެވެ."

"ހުޅަނގުން މި ގޮތަށް ޔުކްރޭނަށް ހަތިޔާރު އޮއްސަމުން ނުދާނަމަ މި ހަނގުރާމަ މިހާރު ނިމިދާނެއެވެ. ޔުކްރޭނަށް 2014ގައި އިންޤިލާބަށް ގެނައި މީހުން ޔުކްރޭންގައި ދިރިއުޅޭ ރޫސީ ބަހުން ވަހަކަދައްކާ މީހުން މެރުން ހުއްޓުވައިލެވުނީހެވެ. އިންސާނީ މި ޙައްޤު އިންސާނީ ޙައްޤެއް ކަމަކަށް ހުޅަނގުން ނުދެކެއެވެ."

ޒިލެންސްކީ ސަލާމަތީ މަޖިލީހަށް ޙަމަލާދެއްވުން

ޒިލެންސްކީ މި ސިޔާޤުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވިގޮތުގައި ސަލާމަތީ މަޖިލީހުގެ ރިޔާސަތު ރަޝިޔާއަށް ލިބުމުން އެނގެނީ އެ މަޖްލިސް ބަނގުރޫޓުވެފައިވާ ކަމެވެ. ރަޝިޔާ ވަނީ މި މަޖިލީހުގެ ރިޔާސަތާ އިއްޔެ ޙަވާލުވެފައެވެ. ސަލާމަތީ މަޖިލީހުގެ ރިޔާސަތަކީ މެންބަރު ޤައުމުތަކުގެ މެދުގައި ބުރުޖަހާގޮތަށް އޮންނަ ކަމެކެވެ.

މޮސްކޯއިން ބުނާގޮތުގައި ސަލާމަތީ މަޖިލީހުގެ ރިޔާސަތުގައި އެ ޤައުމު އޮންނަ މުއްދަތުގައި އެ ޤައުމުގެ ޙައްޤު ފުރިހަމައަށް ލިބިގަންނަމުންދާނެއެވެ.

އެމެރިކާ ބުނާގޮތުގައި މި ކަން މަނާކުރެވޭނެ އެއްވެސް ވަސީލަތެއް ނެތެވެ. އެމެރިކާއިން އެދެނީ ރަޝިޔާއިން މި މަސައްކަތް "ވަރަށް ޕްރޮފެޝަނަލްކޮށް ކުރާނެ" ކަމަށެވެ.

ޒިލެންސްކީ އދ އާ ދެކޮޅަށް ފާޑުވިދާޅުވަމުން ވިދާޅުވިއެވެ. "ޢާލަމީ މި މުއައްސަސާ އަށް ޝާމިލު އިސްލާޙު ގެންނަން ވަނީ ޖެހިފައެވެ. ޞުލްޙަ ފުޑުފުޑުކުރާ މީހުން މި މުއައްސަސާއިން ބޭރުކުރެވެން ޖެހޭނެއެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *