Support Us

ޑެންމާކްގައި ތުރްކީ އެންބަސީ ކުރިމަތީގައި ޚަތިމެއް އަންދައިލައިފި

ޑެންމާކްގެ ވެރިރަށް ކޮޕަންހޭގަންގައި ހުންނަ ތުރްކީ އެންބަސީ ކުރިމަތީގައި ހައްދުފަހަނަޅައިފައިވާ ބަޔަކު ކީރިތި ޤުރްއާނުގެ ކޮޕީއެއް (ޚަތިމެއް) އިއްޔެ އަނެއްކައި ވެސް އަންދައިލައިފިއެވެ. މި މީހުން މި މުޞްޙަފާއެކު ތުރްކީގެ ދިދައެއް ވެސް އަންދައިލިއެވެ. 

މިކަން ކުށްވެރިކޮށް އިޙްތިޖާޖު ކުރުމުގެ ގޮތުން އަންކަރާއިން ވަނީ ތުރްކީގައި ހުންނަވާ ޑެންމާކް ސަފީރު ޚާރިޖިއްޔާއަށް ރޭ ގެންގޮސް އިޙްތިޖާޖުގެ ނޯޓެއް ހަވާލުކޮށްފައެވެ. މި ނޯޓުގައި ކީރިތި ޤުރްއާނާ ދެކޮޅަށް ޑެންމާކުގައި ހަރުކަށި މީހުން ހިންގަމުންދާ ނަފްރަތްތެރިކަމުގެ ޖަރީމާތައް ތަކްރާރުވަމުންދާކަން ފާހަގަކޮށް އެކަން ވަރަށް ހަރުކަށި ޢިބާރާތުން ކުށްވެރިކޮށްފައި ވެއެވެ. 

 މި ޖަރީމާތައް ހިންގާ މީހުންނާ ދެކޮޅަށް ޑެންމާކް ސަރުކާރުން ފިޔަވަޅު އެޅުމަށް ތުރްކީ ސަރުކާރުގެ މި ނޯޓުގައި ގޮވައިލައިފާ ވެއެވެ. 

މި ފަދަ ޢަމަލުތަކުން އެނގެނީ ހުޅަނގު ޔޫރަޕްގައި އިސްލާންދީނާ ދުޝްމަނު ޢަމަލުތައް ގިނަވަމުންދާކަން ކަމަށް އަންކަރާއިން ބުންޏެވެ.

އިސްލާންދީނާ ދުޝްމަނު ޖަމާޢަތެއްގެ ބަޔަކު ކީރިތި ޤުރްއާނުގެ ކޮޕީއަކާއި ތުރްކީގެ ދިދަ އަންދައިލުމަކީ މިއީ ޑެންމާކްގެ "Patrioterne Gar Live" ޖަމާޢަތުން ހިންގި ޖަރީމާއެކެވެ. މި ޖަރީމާ ހިންގި މި ޖަމާޢަތުގެ ފަސް މީހުން މި ކަން ކުރަމުންދިޔައިރު އެ ނުބައި ޖަރީމާ ފޭސްބުކުން ދުރަށް ދައްކަމުން ދިޔައެވެ. އިސްލާންދީނާ އިދިކޮޅު ބަސްތައް ގޮވަމުން ވެސް ދިޔައެވެ. 

މިއަހަރުގެ ޖަނަވަރީ މަހު ސްވިޑްންގެ ވެރިރަށް ސްޓޮކްހޮލްމްގައި ވެސް ޑެންމާކްގެ ޙައްދުފަހަނަޅައިފައިވާ ސިޔާސީ މީހަކު ވަނީ ޚަތިމެއް އަންދައިލައިފައެވެ. މި ކަން ވެސް އޭނާ ކޮށްފައި ވަނީ ތުރްކީ އެންބަސީ ކުރިމަތީގައި ފުލުހުންގެ ޙިމާޔަތް ލިބިގެންނެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *