Support Us

އުމުރުން 80 އަހަރުގައި ފިރިމީހާ ކައިރިން ވަރިވާން އެދުނު މީހާގެ ޝަކުވާ

އުމުރުން 80 އަހަރުގެ މިޞްރު އަންހެނަކު އޭނާގެ ފިރިމީހާ ކައިރިން ވަރިވާން އެދި ކޯޓަށް ފޯމު ލިއެވެ. ވަރިވާ ސަބަބެއް ކަމަށް ލިޔެފައި އޮތެވެ.

"އަހަރެމެން ދެމީހުންގެ ކައިވެންނަށް 60 އަހަރުވީ އެވެ. ކައިވެނި ކުރިތާ ދެ އަހަރު ނުވެ ދަރިޔަކު ލިބިއްޖެއެވެ. އެހިސާބުން ފިރިމީހާގެ އިވުމުގެ ހިއްސު ފިލައިފިއެވެ. އެއްގޮތަކަށް ވެސް އަޑެއް ނީވެއެވެ. ދެން އަހުރެން ތިން އަހަރު ދުވަހުގެ މަސައްކަތުން، ޢިޝާރާތުން ވާހަކަ ދައްކަން ދަސްކުރީމެވެ. އެ ހިސާބުން އޭނާގެ ލޮލުގެ ފެނުން ވެސް ގެއްލިއްޖެއެވެ. މި ހާލެއްގައި އުޅޭތާ މިހާރު 55 އަހަރު ވީއެވެ. އެކަމު އިއްޔެ އަހަންނަށް އެނގުނީ އޭނާ އުޅެނީ އަހަންނަށް އޮޅުވާލައިގެން ކަމެވެ. ބަރާބަރަށް އަޑު އިވެއެވެ. ލޮލަށް ފެނެއެވެ. އެހެންކަމުން ދެން އަހުރެން އޭނައާ އެކު އުޅޭކަށް ބޭނުމެއް ނޫނެވެ."

ދެން ގާޒީ މި ފިރިހެން މީހާއާ ސުވާލު ކުރުމުން ބުންޏެވެ.

"ޢިއްޒަތްތެރި ފަނޑިޔާރެވެ. އަހުރެން އޭނާ ދެކެ އިންތިހާއަށް ލޯބިވެއެވެ. އޮޅުވާލުމުގެ އެއްވެސް ގަސްދެއް އަހުރެންގެ ނެތެވެ. އެހެނެއް ކަމަކު އަހަންނަކީ ވަރަށް މަަޑުމައިތިރި، ބަސް މަދު މީހަކީމެވެ. އޭނާ އޭގެ އިދިކޮޅެވެ. އެއްމެ ހިނދުކޮޅަކަށް ވެސް އަނގަ ހުއްޓާ ނުލައެވެ. އެންމެފަހުން ނުކުޅަދާނަވެގެން މިހެން އުޅެން އަހަންނަށް މަޖުބޫރުވީއެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
111
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *