Support Us

އިސްރާއީލުގެ ޢުދްވާނީ ޙަމަލާތައް ސޫރިޔާއަށް

އިސްރާއީލުން ސޫރިޔާގެ ވެރިރަށް ދިމަޝްޤަށް ރޭ އަނެއްކާވެސް ޢުދްވާނީ ޙަމަލާއެއް ދީފިއެވެ. މިއީ އިސްރާއީލުން ދިމަޝްޤަށާއި ދިމަޝްޤު ސަރަޙައްދަށް ވިދިވިދިގެން ޙަމަލާދިން ދެވަނަ ރެއެވެ.

ސޫރިޔާގެ އިންސާނީ ޙައްޤުތަކާ ބެހޭ ޖަމްޢިއްޔާއެއް ކަމުގައިވާ "އަލްމަރްޞަދު" ބުނާގޮތުގައި އިސްރާއީލުގެ ޢުދްވާނުގެ އަމާޒަކީ ސޫރިޔާގެ ޢަސްކަރީ ތަންތަނާއި އީރާނަށް ތާއީދުކުރާ މިލީޝިޔާ ބާރުތަކުގެ ތަންތަނެވެ.

ރޮއެޓަރޒް ބުނާގޮތގައި ރޭ ފަތިހުގެ ވަގުތެއްގައި ވެރިރަށް ދިމަޝްޤުގައި ވަރަށް ބާރަށް ތިންފަހަރު ގޮވައި ސަހަރު ގުގުމައިގަތެވެ. ސޫރިޔާގެ ރަސްމީ ނޫސް އޭޖެންސީ (ސަނާ) ބުނިގޮތުގައި ސޫރިޔާގެ ވައިގެ ދިފާޢުތަކުން އިސްރާއީލުގެ މި ޢުދްވާނާ ކުރިމަތިލިއެވެ. އިސްރާއީލުގެ ޙަމަލާތަކުގެ ސަބަބުން ލިބުނު ގެއްލުންތަކާ ބެހޭގޮތުން މި ނޫސްއޭޖެންސީން އެއްޗެއް ނުބުނެއެވެ.

އަލްމަރްޞަދު ހާމަކުރިގޮތުގައި އިސްރާއީލުގެ މި ރޮކެޓް ޙަމަލާތަކުގެ އަމާޒަކީ ދިމަޝްޤުގެ ހުޅަނގު ދެކުނުފަރާތުގައި ހުރި ސަރުކާރު ސިފައިންގެ މަރްކަޒުތަކާއި ހަތިޔާރު ގުދަންތަކެވެ.  

މީގެ ހަފުތާއެއްހާ ދުވަސްކުރިން އިސްރާއީލުން ވަނީ ސޫރިޔާގެ ޙަލަބު ވައިގެ ބަނދަރަށާއި ނައިރަބު ވައިގެ ބަނދަރަށް މިސައިލް ޙަމަލާތަކެއް ދީފައެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *