ބައްދަލުވެއްޖެ އަނެއްކާ ދީލަތި މާތް ރަމަޟާނާ
ހައްޓީން މަތި ވެއްޖޭ ބައްދަލުވާތާ މެހުމާނާ
ކުރެއޭ އަހަރަކު ދަތުރެއް ވިއްސާރަވިއަސް ނުބަލައި
ހުރެއޭ އެއް މަހު، ނާދޭ ބަދަލެއް، އެކުވެ ޒަމާނާ
ހަދިޔާބަދިޔާ ގެނެއޭ ބޭނުން މީހަކު ހޯދާން
މަދުވާތީއެއް ނޫޅޭ ހަދިޔާތައް ސާމާނާ
ހަގަކަސް ހެޔޮ ދޮށްޓަސް ހެޔޮ ބޭނުން ވަރަކަށް ގެންދާން
އަނގަމަތިކޮށްފައި ހުރެއޭ ހަދިޔާތަކުގެ ޚަޒާނާ
އަންނަ ހަނދާނެއް ނުނެތޭ ކުޑައިރުގައި ވެސް ރަމަޟާން
އަންނަ އިރަށް މަންމަ ވަރަށް ދޯޅުވެޔޭ ޤުރްއާނާ
ވާހަކަކިއުމާ ކުޅުމާ ވެސް ބައަކަށް ދޯޅުވެވޭ
ވާދަކުރާން ވެސް ބައަކު އުޅޭ ބުމަރުން ސަފުސާނާ
އަންނަ އިރަށް އެކުވެރިއާ ސުފުރާމަތި ފަޅުފިލުވާން
ނަން ހުސްކޮށް ކައްކައި އުޅެއޭ މީރުވިހައި ކާނާ
ހޭބޯނާރައި ކައްކާން މުހުތާދެއް ނެތް ރަމަޟާން
އޭނާ އެދެނީ ދުރުވާން އެންމެން ވެސް އަލިފާނާ
އިތުރަށް ބައްދަލުވީތީ އަހަރެއްގައި ރަމަޟާނާ
މިތުރު ބަލިއްޔުގެ މާތް އަޚު ކައިރިވިއޭ ރައްޔާނާ
އަތުލެވުނީ ކޮން އެއްޗެއް؟ ރަމަޟާނުގެ ހަދިޔާއިން
ދަތުރާ ފަހު ގާތްވާ އިރު ކުރިމަތިލާން ތޫފާނާ
ހައްޓިން މައްޗަށް ދިޔައިރު ބައްދަލުވުންތައް، އަދިވެސް
ހައްތާ ދުވަނީ ގާތަށެ އެކި މައިޒާން މައިޒާނާ
ފުރުމުން ރަމަޟާން ދެރަވާން މަޑުނުކުރޭ، އޭ! ޝާހިދު
ދުރުނުމެ ވާށެ ޞަލާތާއި ޞިޔާމާ ފުރްޤާނާ