ރަޝިޔާއިން އައު ޑްރޯނެއް ރޭ ދައްކައިލައިފިއެވެ. މި ޑްރޯނުގެ ނަމަކީ "ލެޕަރޑް ޓޭންކު ޤާތިލު" އެވެ.
ރަޝިޔާގެ ދިފާޢީ ވުޒާރާއިން ހާމަކުރި ވީޑިއޯއެއްގައި ރަޝިޔާގެ ޖައްވު– ފަޒާ ބާރުތަކުން ބޭނުންކުރާ އައު ޑްރޯނެއް ދައްކައިލިއެވެ. މި ވީޑިއޯ ހުށައަޅައިފައިވަނީ ރަޝިޔާގެ ޢަސްކަރީ އިސްވާރުންގެ ބައްދަލުކުރެއްވުމަކަށެވެ. ރަޝިޔާއިން މި ޑްރޯނަށް ދީފައިވާ ނަމަކީ "ފޭރޭ" އެވެ. މި ޑްރޯނުގެ ދިގުމިނަކީ 3.2 މީޓަރެވެ. އުސްމިނަކީ 1.2 މީޓަރެވެ.މިއީ 10 ގަޑި އިރު ޖައްވުގެ ތެރޭގައި ދަތުރުކުރުމުގެ ބާރުހުރި 200 ކީލޯމީޓަރުގެ ރާސްތާއެއްގެ ހަތިޔާރެކެވެ. މި ޑްރޯނަށް 800 މިއްލިމީޓަރުގެ ބޯ އައްޑަނަތައް ފޫއަޅުވައިލުމުގެ ބާރު ލިބިގެންވެއެވެ. އެހެންކަމުން މި ޑްރޯނަށް ފޫއަޅުވައިނުލެވޭނެ ޓޭންކެއް ނުހުންނާނެއެވެ.
ރަޝިޔާއިން މި އައު ހަތިޔާރުގެ ވާހަކަ ޚަބަރުތަކުގައި ފަތުރައިލީ ނޯވޭއިން ޔުކްރޭނަށް ލެޕަރޑް މަރުކާގެ އަށް ޓޭންކް ފޮނުވި ޚަބަރު ފެތުރުމުންނެވެ. ނޯވޭ ބުނާގޮތުގައި އެ ޤައުމުން މިހާރު ދަނީ ޕޮލެންޑްގައި ޔުކްރޭން ސިފައިންނަށް މި ޓޭންކް ބޭނުންކުރުމަށް ތަމްރީނުދެމުންނެވެ.
ނޯވޭއާއި ޖަރްމަނާއި ޕޮލެންޑާއި ޕޯޗްގީޒާއި ކެނެޑާ ބުނާގޮތުގައި މި ޤައުމުތަކުން ޖުމްލަ 48 ޓޭންކް ޔުކްރޭނަށް ދޭނެއެވެ.
އަނެއްކޮޅުން ސްލޮވާކިޔާ ބުނާގޮތުގައި އެ ޤައުމުން ވަރަށް އަވަހަށް ޔުކްރޭނަށް މިގް29 ގެ ހަތަރު މަތިންދާބޯޓު ދޭނެއެވެ.



advertisment