Support Us

ޔުކްރޭނަށް ބާރުދެރަ ޔޫރޭނިއަމު އުންޑަ ދޭން އުޅޭތީ ރަޝިޔާގެ ވަރުގަދަ ރައްދެއް 

ބާރުދެރަ ޔޫރޭނިއަމު (depleted uranium) އޭގައި އެކުލެވޭ އުންޑަ ޔުކްރޭނަށް ދޭން އިނގިރޭސިވިލާތުން ނިންމުމުން އެކަމަށް ރައްދުދޭނެ ކަމުގެ އިންޒާރު ރޫސީ ރައީސް ޕޫޓިން ދެއްވައިފިއެވެ.

ރައީސް ޕޫޓިން ވިދާޅުވި ގޮތުގައި މިއިން އެނގެނީ ޔުކްރޭނުގެ އެންމެފަހު މީހާއަށް ދާންދެން ރަޝިޔާއާ ދެކޮޅަށް ހަނގުރާމަ ކުރާން ހުޅަނގުން އަޒްމު ކަނޑައަޅައިފައިވާ ކަމެވެ. "އެއީ މިއަދު ހުޅަނގުން ބަހުންނާއި ޢަމަލުން ދައްކަމުންދާ ކަމެކެވެ. އަދި މި އިން އެނގެނީ ނިޔުކްލިއަރ ޢުންޞުރުތައް ހިމެނޭ ހަތިޔާރު ބޭނުންކުރާން ފަށައިފިކަމެވެ."

ޕޫޓިން ވިދާޅުވިއެވެ. "އިނގިރޭސިވިލާތުން ކިޔީވަށް ދެނީ ހަމައެކަނި ޓޭންކެއް ނޫނެވެ. މީގެއިތުރަށް ބާރުދެރަ ޔޫރޭނިއަމް ހިމެނޭ އުންޑަ ވެސް ކިޔީވަށް ދޭން ފަށައިފިކަމެވެ. މި ގޮތަށް ލަންޑަނުން ޢަމަލުކޮށްފިނަމަ ހުޅަނގުން ނިޔުކްލިއަރ އުންޞުރުތައް ހިމެނޭ ހަތިޔާރުދޭ ދިނުމަށް ރައްދުދޭން އަހުރެމެންނަށް މަޖްބޫރުވެގެން ދާނެއެވެ."

ރޫސީ ދިފާޢީ ވަޒީރު ޝްވިގޯ ވިދާޅުވިއެވެ. "ރަޝިޔާ އަތުގައި އެއަށް ރައްދު ދެވޭނެ ވަސީލަތްތައް އެބަ ލހުއްޓެވެ." އޭނާ އިންޒާރު ކުރައްވަމުން ވިދާޅުވިއެވެ. "އެއީ އިތުރަށް މަސްރަޙު ހޫނުކޮށްލާނެ ފިޔަވަޅެކެވެ."

މި ކަމަށް އިންޒާރުދެއްވަމުން ރޫސީ ޚާރިޖީ ވަޒީރު ލެވްރޯވް ވިދާޅުވި ގޮތުގައި މި ކަން ނިމިގެންދާނީ އިނގިރޭސިވިލާތަށް ވަރަށް ނުބައި ގޮތަކަށެވެ.

ރޫސީ ޚާރިޖިއްޔާގެ ތަރްޖަމާނު މާރިޔާ ޒަޚަރޯވާ ވިދާޅުވި ގޮތުގައި އިނގިރޭސީން ބާރުދެރަ ޔުރޭނިއަމް އުންޑަ ޔުކްރޭނަށް ދިނުމަށް ރާވަމުންދާ ރޭވުން ވެގެންދާނީ ޔޫގޯސްލޭވިޔާގެ ސީނާރިއޯއާ އެއްފަދަ ކަމަކަށެވެ. އޭނާގެ ޓެލެގްރާމުގައި ލިޔުއްވިއެވެ. ޔޯގޯސްލޭވިޔާގައި ބާރުދެރަ ޔޫރޭނިއަމް ބޭނުންކުރުމުން އެންމެ ބޮޑަށް ގެއްލުން ލިބުނީ ޔޯގޯސްލޭވިޔާގައި ތިބި ނޭޓޯ ސިފައިންގެ އިޓަލީ ސިފައިންނަށެވެ. ނޭޓޯއިން ބަދަލު ހޯދުމަށް އިޓަލީން މަސައްކަތް ކުރިއެވެ. އެހެނަސް އިޓަލީގެ މި އެދުމަށް ނޭޓޯއިން ދެކޮޅު ހެދިއެވެ.

އިނގިރޭސީންގެ ވަޢުދު

އިނގިރޭސި ދިފާޢީ ވުޒާރާ ބުނާގޮތުގައި ބާރުދެރަ ޔޫރޭނިއަމް ހިމެނޭ އުންޑައަކީ ޓޭންކްތަކާއި ޢާޓިލަރީ އުޅަނދުތައް ފޫއަޅުވައިލުމަށް ވަރަށް މުހިއްމު ހަތިޔާރެކެވެ. ލަންޑަން ބުނާގޮތުގައި އެއީ ނިޔުކްލިއަރ ހަތިޔާރެއް ނޫނެވެ. އިނގިރޭސި ސިފައިން އެ ބޭނުންކުރާތާ ދަހަރުތަކެއް ވެއްޖެއެވެ. ލަންޑަން ބުނާގޮތުގައި ރަޝިޔާއަށް މި ކަން އެނގޭނެއެވެ.

އިނގިރޭސި ދިފާޢީ ވަޒީރާ އެނަބިލް ގޯލްޑީ ވިދާޅުވާގޮތުގައި ބާރުދެރަ ޔުރޭނިއަމް އުންޑަ ކިޔީވަށް ފޮނުވޭނީ ޗެލެންޖަރ ޓޭންކާއެކުގައެވެ. އޭނާ ވިދާޅުވި ގޮތުގައި މި ބާވަތުގެ އުންޑައިން ދުޝްމަނުންގެ ޓޭންކްތައް ފޫއަޅުވައިލެވޭނެއެވެ.

ތިމާވެށްޓަބެހޭ އދ ގެ ޕްރޮގްރާމު ބުނާގޮތުގައި ބާރުދެރަ ޔޫރޭނިއަމަކީ "ކީމާވީ އަދި އިޝްޢާއީ މާއްދާތަކުން ވިސަޑުކޮށްފައިވާ ބަރު މަޢުދަނެކެވެ."

މި ބާވަތުގެ ހަތިޔާރު ބޭނުންކުރުމުން އެ ބޭނުންކުރާ މީހުންނަށާއި އެ ބޭނުންކުރެވޭ ވެށީގެ ރަށްވެހީންގެ ޞިއްޙަތަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބެއެވެ.

ގަލްފް ހަނގުރާމައިގައި 1991ވަނަ އަހަރު އެމެރިކާއިން ވަނީ ޢިރާޤުގައި މި ހަތިޔާރު ބޭނުންކޮށްފައެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *