Support Us

އިސްރާއީލުގައި ތިބޭ އިމާރާތުގެ ޑިޕްލޮމެޓިކް ތަމްސީލުގެ ދަރަޖަ ދަށްކުރަނީ

"ފަލަސްޠީނުގެ ރައްޔިތުންނަކީ ވުޖޫދުގައިވާ ބައެއް ނޫން ކަމަށް" އިސްރާއީލުގެ މާލީ ވަޒީރު ސުމްޓުރިޗް ވިދާޅުވުމުން އިސްރާއީލުގައި އޮންނަ އިމާރާތުގެ ޑިޕްލޮމެޓިކް ތަމްސީލުގެ ދަރަޖަ ދަށްކުރުމާމެދު އިމާރާތުން ވިސްނަމުންދާ ކަމަށް އިސްރާއީލުގެ ނޫހަކުން ބުނެފިއެވެ.

މަޝްހޫރު ޖެރޫސަލަމް ޕޯސްޓު ދުވަހު ނޫސް ބުނާގޮތުގައި އިސްރާއީލުގައި ހުންނަވާ އިމާރާތުގެ ސަފީރު މުޙައްމަދުލްޚާޖާއަށް އިސްރާއީލުގެ އެއްވެސް މަސްއޫލުވެރިއަކާ ބައްދަލު ނުކުރެއްވުމަށް އިމާރާތުގެ ޚާރިޖިއްޔާއިން މިހާރު ވަނީ އަންގައިފައެވެ. 

އިމާރާތުގެ ރައީސް މުޙައްމަދު ބިން ޒާއިދު މި މަސްއަލައިގައި އިމާރާތުގެ މަސްއޫލުވެރީންނަށް ވިދާޅުވިއެވެ. "އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫއަށް ބާރު ފޯރުއްވެވޭ ވަރުގެ ސަރުކާރެއް އިސްރާއީލުގައި އޮތްކަން ކަށަވަރުވެ ވަޑައިނުގަންނަވާތީ މި ސަރުކާރާ ގުޅިގެން މަސައްކަތެއް ނުކުރެވޭނެއެވެ."

އެހެނަސް ނަތަންޔާހޫ ވިދާޅުވާ ގޮތުގައި ޗެނެލް 12 ގެ ޚަބަރަކީ ތެދު ވާހަކައެއް ނޫނެވެ. އިސްރާއީލު އަތުން އިމާރާތުން ގަންނަން އުޅޭ ވައިގެ ދިފާޢީ ނިޒާމު ވެސް ނުގަންނާނެ ކަމަށް އަބޫ ޡަބްއިން ބުނާ ކަމަށް މި ނޫސް ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *