Support Us

އެއް ބިލިއަން ކެއުމުގެ ވަޤްފު ޙަމަލާ އިމާރާތުގެ ނައިބު ރައީސް ފަށްޓަވައިފި

ރަމަޟާން މަހު ފަޤީރުންނަށާއި މިސްކީނުންނަށް ރޯދަވީއްލުން ފަހިކޮށް ދެއްވުމަށް ޓަކައި އެކުވެރި ޢަރަބި އިމަރާތުގެ ނައިބު ރައީސް (ދުބައިގެ ވެރިޔާ) އައްޝައިޚު މުޙައްމަދު ބިން ރާޝިދު އާލުމަކްތޫމު އެއް ބިލިއަން ކެއުމުގެ ވަޤްފު މަޝްރޫޢު އާދީއްތަ ދުވަހު ފަށްޓަވައިދެއްވައިފިއެވެ. އިމަރާތުގެ ނޫސް އޭޖެންސީ (ވާމު) ބުނާގޮތުގައި މި ޙަމަލާ ވާނީ ދާއިމީ ވަޤްފީ ފަންޑަކަށެވެ.

ރަމަޟާން މަހާ ކައިރިވެފައި ވަނިކޮށް މި ޙަމަލާ ފެށްޓެވީ ހައިހޫނުކަން ކުޑަކޮށްދިނުމަށް މަސައްކަތްކުރުމަށާއި ފަޤީރުންނަށާއި މިސްކީނުންނަށް ބަނޑުފުރާނަ މުއްތިކުރުމުގައި އެހީތެރިކަން ފޯރުވުމަށް ޓަކައެވެ.

މުޙައްމަދު ބިން ރާޝިދު އޭނާގެ ޓުވީޓުގައި ވިދާޅުވިއެވެ. "މިއީ ބަރަކާތްތެރި ރަމަޟާން މަހުގެ ބިޝާރަތާއެކު އާދަކާދައިގެ މަތިން ކުރާ ކަމެކެވެ. ﷲގެ އިރާދަފުޅާ ލައިގެން މިއަހަރު މި ފަށަނީ އެއްބިލިއަން ކެއުމުގެ މަޝްރޫޢެކެވެ. އަމާޒަކީ ދާއިމީ ގޮތެއްގައި ކުރިއަށް އޮތް ދަހަރުގެ ތެރޭގައި އެތައް މިލިއަން ބަޔަކަށް ކާއެތިކޮޅު ދިއްކޮށްލުމެވެ."

ބިން ރާޝިދު ވިދާޅުވި ގޮތުގައި ދުނިޔޭގައި ބަނޑުހައިހޫނުކަމުގައި 838 މިލިއަން މީހުން އެބަތިއްބެވެ. އެއީ ދުނިޔޭގެ އާބާދީގެ 10% އެވެ. އޭނާ ވިދާޅުވި ގޮތުގައި އިމާރާތުގެ ރައްޔިތުން މި ފަންޑު މި ހުޅުވަނީ "ޞަދަޤާ ޖާރިޔާ"އެއްގެ ގޮތުގައެވެ. މެދުނުކެނޑި އެމީހުންނަށް ﷲގެ ޙަޟްރަތުން ހެވާއި ލާބަ ލިބުމަށް އެދިއެވެ.

ބިން ރާޝިދު ވިދާޅުވިއެވެ. "އެއް ބިލިއަން ކެއުމަކީ އިމާރާތުގެ ރައްޔިތުން ދުނިޔޭގެ އެންމެންނަށް ދޭ ސުވާކޮޅެކެވެ. އަޅުގަނޑުމެންގެ އަޚްލާޤީ ރިސާލަތު ބަނޑުހައިހޫނުކަން ނައްތައިލުމަށް ޓަކައި މަސައްކަތްކުރުން ލާޒިމު ކުރެއެވެ." މި މަޝްރޫޢު ހިނގަމުން ދާނީ މުޙައްމަދު ބިން ރާޝިދު އާލު މަކްތޫމުގެ ޢާލަމީ މުއައްސަސާގެ އިސްނެގުމުގެ ދަށުންނެވެ.

ވޭތުވެދިޔަ ތިން އަހަރު މި މުއައްސަސާއިން ވަނީ ރަމަޟާން މަހާ އެކު ފަޤީރުންނަށާއި މިސްކީނުންނަށް އެހީވުމަށް ޓަކައި ކެއުން ތައްޔާރުކޮށް ދުނިޔެއަށް ބަހައިފައެވެ. މިގޮތުން 2020 ގައި މި މުއައްސަސާއިން 10 މިލިއަން ކެއުން އަދި 2021ގައި 100 މިލިއަން ކެއުން ވަނީ ބަހައިފައެވެ. މިދިޔަ އަހަރު ވަނީ ބިލިއަން ކެއުމުގެ މަޝްރޫޢު ފަށައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *