ޅަދަރީންގެ ކުރިމަގާމެދު، އިތުރަށް ސަމާލުވާށޭ
މަދަދާ އެހީ ނުހަނުދީ، ރަނގަޅަށް ބަލައި ހަދާށޭ
ވެއްޓަށް ބުރާ ދުމާ ހެދި، ފޯރާ ނުސާފު އަސަރުން
ގެއްލުން ލިބޭ ކުދީންނަށް، ޅަދަރީން ހަދައިނުލާށޭ
އެއްވަށް އަނެއް ވަކާޖެހި، ފާވާ ގޮތަށް އެ އަހިވަށް
އެއްވެސް އަޚެއްގެ ދަރިއެއް، ވިޔަދޭން ދުލެއް ނުދޭށޭ
ޒިންމާ އުފުއްލަނީނަމަ، ރޯޝަން ވެދާނެ ކުރިމަގު
ހިންދެމި ނުލައި ޅަޖީލެއް، ހެވަތުން ބިނާކުރާށޭ
ފަސްގަނޑުޖަހާށެ ދަނޑުގައި، ފެޅިގަސް ރުވާށެ ބިމުގައި
ވަސްމީރު މާ ފޮޅޭނޭ، ދުވަހެއް އައުން އެދެށޭ
މޭވާ އަޅައި ވެ ފައްކާ، ބިންނަށް ލިބޭން ފެށީމާ
ނޭވާ ލެވޭ ވެށީ ވައި، ގޯސްވާނެ ތަނެއް ނުދޭށޭ
