Support Us

ރައީސް ޕޫޓީން ހައްޔަރުކުރުމުގެ އަމުރެއް ނެރެފި

ރޫސީ އިއްތިޙާދުގެ ރައީސް ވްލަޑަމީރު ޕޫޓިން ހައްޔަރުކުރުމުގެ އަމުރެއް ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުން މި ރޭ ނެރެފިއެވެ. އެއީ ޔުކްރޭނުގައި އޭނާ "ހަނގުރާމައިގެ ޖަރީމާތައް" ހިންގަވައިފައިވާތީ ކަމަށް މި އަމުރު ބުނެއެވެ.

މި ކޯޓުން ތުހްމަތު ކޮށްފައިވާ ގޮތުގައި ރައީސް ޕޫޓިން ވަނީ ޔުކްރޭނުގެ ކުޑަކުދީންތައް އެމީހުންގެ ރަށްރަށުން ބޭރަށް ލައްވައިފައެވެ. މި ކޯޓުން ބުނިގޮތުގައި މި ޖަރީމާ ހިންގުމުގައި ރައީސް ޕޫޓިންގެ ސީދާ ބައިވެރިވުމެއް ވާކަމަށް ބެލެވެއެވެ.

މި ކޯޓުން ވަނީ ރަޝިޔާގެ ކުޑަކުދީންގެ ޙައްޤުތަކާ ބެހޭ ކަމިޝްނަރު މާރިޔާ ލުވޫވާ ބިލޯވާގެ އިސްތަށިފުޅުގައި ވެސް މި ތުހްމަތުތައް އަޅުވައިފައެވެ.

ބައިނަލްއަޤްވާމީ ޖިނާއީ ކޯޓަކީ ރަޝިޔާ ޤަބޫލުކުރާ ތަނެއް ނޫނެވެ.

ޖިނާއީ ކޯޓުގެ އަމުރާ ބެހޭގޮތުން ރަޝިޔާގެ ޚާރިޖިއްޔާއިން ނެރުނު ބަޔާން ބުނާގޮތުގައި "އެ ޤަރާރަކީ އެއްވެސް މާނައެއް ލިބިގެންވާ ޤަރާރެއްނޫނެވެ. ޤާނޫނީ ގޮތުން ވެސް އެއީ އެއްވެސް އަގެއް ލިބިގެންވާ ނިންމުމެއްނޫނެވެ."

ރަޝިޔާގެ ކުރީގެ ރައީސް މެޑްވެޑީވް މި ޤަރާރަށް ފާޑު ވިދާޅުވަމުން ވިދާޅުވި ގޮތުގައި އެއީ "ފާޚާނާގައި ޤަޟާޙާޖަތް ކުރުމަށްފަހު ފުހެން ގެންގުޅޭ ކަރުދާސްކޮޅެއް" ފަދަ އެއްޗެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *