Support Us

ކަޅު ކަނޑުގެ ޖައްވުގައި ޑްރޯނުގެ ބަދީލަކާމެދު ޕެންޓަގަން ވިސްނަނީ

ރޫސީ ވައިގެ ބާރުތަކުން އެމެރިކާގެ ޑްރޯނެއް ކަޅުކަނޑުގެ ވައިގެ ސަރަޙައްދު ތެރެއިން ވައްޓައިލުމާ ވިދިގެން ޑްރޯނުގެ ބަދީލަކާމެދު ޕެންޓަގަނުން ވިސްނަމުންދާ ކަމަށް ބުނެފިއެވެ. 

އެމެރިކާގެ ދިފާޢީ ވުޒާރާގެ މަސްއޫލުވެރީންނާ ޙަވާލާދީ ސީއެންއެން ބުނާގޮތުގައި ކަޅު ކަނޑުގެ ވައިގެ ސަރަޙައްދުތެރޭގައި އެމެރިކާގެ  ޑްރޯންތައް ދަތުރުކުރާ ވަށަލަތައް ޕެންޓަގަނުން ބަލައި ބަދަލު ކުރާނެއެވެ. އަދި ރަޝިޔާއާއެކު ޖައްވު އިތުރަށް ހޫނު ނުކުރުމަށް ޓަކައި ރަޝިޔާގެ ކްރެމިޔާ ސަރަޙައްދު ބަލަހައްޓާ ރޫސީ ވައިގެ ބާރުތަކާ ދުރުހެލިވުމަށް ވެސް ފިޔަވަޅު އަޅާނެއެވެ. 

އެމެރިކާގެ މަސްއޫލުވެރިން ވިދާޅުވާ ގޮތުގައި ކަޅު ކަނޑުގެ މާޙައުލުގެ މަޢުލޫމާތުތައް ހޯދުމަށް ޓަކައި ޑްރޯންގެ ބަދަލުގައި ހެދިހަނދުގެ މައްޗަށް ބަރޯސާވެވިދާނެއެވެ. 

ވޮޝިންގްޓަން ތުހްމަތުކުރާ ގޮތުގައި އެމެރިކާގެ އެމްކިޔޫ9 ޑްރޯން ވެއްޓުނީ ރަޝިޔާގެ ދެ ބޯޓަކުން އެއަށް ހުރަސްއެޅުމުންނެވެ. ރަޝިޔާ ބުނާގޮތުގައި ޑްރޯން ވެއްޓުނީ "ފަރިދައްކަން" އުޅުމުގެ ސަބަބުން ކޮންޓްރޯލް ނުކުރެވިގެންނެވެ. ރަޝިޔާގެ ބޯޓެއްގައި ޖެހިގެނެއް ނޫނެވެ. ރަޝިޔާއިން ތުހްމަތުކުރާ ގޮތުގައި އެމެރިކާގެ ޑްރޯން ރަޝިޔާގެ ސަރަޙައްދުތެރެއަށް ވަނީ ޤަވާޢިދާ ޚިލާފަށެވެ. އެއީ ހަނގުރާމައިގެ ސަބަބުން ބަންދުކޮށްފައިވާ ސަރަޙެއްދެއްކަން ދުނިޔެއަށް އެނގޭނެއެވެ.

މި ޙާދިސާ ހިނގުމުން އެމެރިކާގެ ދިފާޢީ ވަޒީރު އޮސްޓަން ރަޝިޔާގެ ދިފާޢީ ވަޒީރު ޝްވިގޯއާ ފޯނުން ބައްދަލު ކުރެއްވިއެވެ. މޮސްކޯއާއި ވޮޝިންގްޓަން ބުނާގޮތުގައި އެއިން އެއްވެސް ޤައުމަކުން ކުރިމަތިލުމަކަށް ދާން ބޭނުމެއް ނުވެއެވެ.  

އެހެނަސް އެމެރިކާގެ ޤައުމީ ސަލާމަތާ ބެހޭ ވިލަރެސްވެރިޔާ ޖޯން ކަރބީ އިއްޔެ ވިދާޅުވި ގޮތުގައި އެމެރިކާގެ މަޞްލަޙަތުތައް ޖާމިނުކުރުމަށާއި ޔުކްރޭނަށް ބޭނުންވާ ދިފާޢީ ބާރު ވަރުގަދަކޮށްދިނުމަށް ޓަކައި އެމެރިކާއިން ކަޅު ކަނޑު ސަރަޙައްދުގައި ޑްރޯން ބޭނުންކުރަމުންދާނެއެވެ. 

ރަޝިޔާގެ ދިފާޢީ ވަޒީރު ޝްވިގޯ ސިފަކުރެއްވި ގޮތުގައި އެމެރިކާގެ މި ޢަމަލަކީ "ޖެއްސުންކުރުމުގެ" ޢަމަލެކެވެ. އޭނާ އިންޒާރު ކުރެއްވި ގޮތުގައި ރަޝިޔާއިން ކުރިމަގުގައި ވެސް ފިޔަވަޅު އަޅާނެއެވެ. 

އެމެރިކާގައި ހުންނަވާ ރޫސީ ސަފީރު އެނަޓޮލީ އެންޓްނޯވް ވިދާޅުވިގޮތުގައި ރަޝިޔާގެ އެއްވެސް މަތިންދާބޯޓަކަށް އެމެރިކާއިން ކަމެއްކޮށްފިނަމަ އެކަން ވާނީ "އެންމެ ބާރުގަދަ ނިޔުކްލިއަރ ބާރާ" ދެކޮޅަށް "ހަނގުރާމަ އިޢުލާން" ކުރުންކަމަށެވެ.

ކަޅު ކަނޑަށް ވެއްޓިފައިވާ އެމެރިކާގެ ޑްރޯން ރަޝިޔާއިން ނަގައިފާނެތީ އެމެރިކާ ވަރަށް ކަންބޮޑުވެއެވެ. އެމެރިކާ ބުނާގޮތުގައި 1500 މީޓަރު އަޑީގައި އޮތް މި ޑްރޯން އެމެރިކާއަށް ނަގަން ވަރަށް ދަތިވާނެއެވެ.   

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *