Support Us

ނިޔްކްލިއަރ ހަނގުރާމައެއްގެ ހުޅުގަނޑު ފަޅައިގެންދިޔުމުގެ ބިރު

ނިޔްކްލިއަރ ހަނގުރާމައެއްގެ ހުޅުގަނޑު ފަޅައިގެންދިޔުމާ ދުރަށްލުމަށް ބޭނުންވާ ޢާލަމީ ޑިޕްލޮމަސީއާއި ދަތިތަކަކާ ކުރިމަތިވެފައިވާ ކަމަށް ރޫސީ ޚާރިޖިއްޔާއިން ބުނެފިއެވެ.  

ރޫސީ ޚާރިޖީ ވުޒާރާގެ ޚާރިޖީ ސިޔާސަތު ރޭވުމާ ބެހޭ އިދާރާގެ ޑިރެކްޓަރު އެލެކްސީ ޑްރޮޕިނެން ވިދާޅުވާ ގޮތުގައި އެމެރިކާއާއި އެ ޤައުމުގެ ހެދިހަނދުތަކުގެ ސަބަބުން ބޮޑެތި ބާރުތަކުގެ މެދުގައި ނިޔުކްލިއަރ ހަނގުރާމައެއް ފެށިދާނެކަމުގެ ބިރު ވަނީ ބޮޑުވެފައެވެ. އޭނާ ވިދާޅުވި ގޮތުގައި މިއީ ޢާލަމީ ޑިޕްލޮމެޓިކް ދާއިރާއާ ކުރިމަތިވެފައިވާ ޙައްލުކުރާން ދަތި މަސްއަލައެކެވެ.

ރަޝިޔާގެ މި މަސްއޫލުވެރިޔާ ވިދާޅުވާ ގޮތުގައި ބާރުގެ ވަސީލަތްތަކުން ދުނިޔެއަށް އަތްގަދަކުރުމަށް އެމެރިކާއާއި އެމެރިކާގެ އެކުވެރީން ކުރަމުންދާ "ބޭއިންސާފު" މަސައްކަތް ހުއްޓައިލައިގެން މެނުވީ ޢާލަމީ ސަލާމަތީ ބިންގަލެއް ބިނާއެއް ނުކުރެވޭނެއެވެ. އޭނާ ވިދާޅުވި ގޮތުގައި ދުނިޔޭގެ ޤައުމުތައް ޞުލްޙަވެރިކަމާއެކު ދުނިޔޭގައި އުޅުމުގެ ޙަޤީޤަތް ޤަބޫލުކުރާން ޖެހޭނެއެވެ. ދޭދޭ ޤައުމުތަކުގެ މެދުގައި އެއްބާރުލުން އޮންނަން ޖެހޭނެއެވެ. ރަޝިޔާއާއި ޗައިނާއާއި އީރާނާއި އުތުރު ކޮރެއާއާއި ބިލަރޫސިޔާއާއި ސޫރިޔާއާއި ކިޔުބާއާއި ވެނެޒުއޭލާއަކީ ވެސް ދުނިޔޭގެ ޤައުމުތަކެކެވެ. މި ޤައުމުތައް އެމެރިކާއަށް ބޯނުލަނބާތީ މި ޤައުމުތަކާއެކު ޞުލްޙަވެރިކަމާއެކު ދިރިއުޅުމާ ދެކޮޅު ހަދައިގެން ނުވާނެއެވެ. 

އޭނާ އިޝާރާތް ކުރެއްވި ގޮތުގައި މިއަދު ޢާލަމީ ޖިއޯސިޔާސަތުގެ ޙާލަތަށް ރިޢާޔަތްނުކޮށް ދޭދޭ ޤައުމުތަކަށް އެކުގައި ޞުލްޙަ މަސަލަސްކަންމަތީގައި ނޯވެވޭނެއެވެ.

ޑްރޮޕިނެން ވިދާޅުވާގޮތުގައި ނިޔުކްލިއަރ ހަނގުރާމައިގައި ނަޞްރުލިބޭ މީހެއް ބަލިވާ މީހެއް ނުހުންނާނެއެވެ. ހުރިހާ އެއްޗެއް އަންދައިލާ ފީތާ ރޯކުރުމުގެ އެއްވެސް ބޭނުމެއް ނެތެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *