Support Us

މުއްސަނދި ޤައުމުތަކުން ލާޒިމުކުރާ "ޙައްދެއްނެތް" ފައިދާ ގުޓަރެޝް ކުށްވެރިކުރައްވައިފި

މުއްސަނދި ޤައުމުތަކުންނާއި ހަކަތަޔާ ބެހޭ ބޮޑެތި ކުންފުނިތަކުން ނަގަމުންދާ "ޙައްދެއްނެތް" ފައިދާތަކުގެ ސަބަބުން ފަޤީރު ޤައުމުތަކުގެ ކަރުގައި ހިފާ ނޭވާ ހާސްކުރަމުންދާ ކަމަށް ވިދާޅުވެ އދގެ އަމީން ޢާންމު އެންޓޯނިޔޯ ޣުޓަރެޝް އެ ކަން ކުށްވެރިކުރައްވައިފިއެވެ. އަނެއްކޮޅުން ޤަޠަރުގެ ޚާރިޖީ ވަޒީރު އައްޝައިޚު މުޙައްމަދު ބިން ޢަބްދުއްރަޙްމާނު އާލު ސާނީ ތަރައްޤީވުމަށް މަސައްކަތްކުރަމުންދާ ޤައުމުތަކާ ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ޓަކައި ދައުޙާއިން ވާގިވެރިވާނެކަމަށް ޢަހްދުވެ ވަޑައިގަންފިއެވެ.

މި މޭރުމުން މި ބޭފުޅުން ވާހަކަފުޅު ދެއްކެވީ މާދަމާ ދައުޙާގައި ފެށުމަށް ހަމަޖެހިފައިވާ ފަޤީރު ޤައުމުތަކާބެހޭ އދގެ ފަސްވަނަ މަހާސިންތާއަށް ތައްޔާރުވުމަށް ބޭއްވުނު ބައްދަލުވުމުގައެވެ.

ޣުޓަރެޝް ވިދާޅުވިއެވެ. "އަޅުގަނޑުމެންގެ ޢާލަމީ މާލީ ނިޒާމުތަކަކީ މުއްސަނދި ޤައުމުތަކުން އެމީހުންނަށް ބޮޑަށް ފައިދާވާ ގޮތަށް ފަރުމާކޮށްފައިވާ ނިޒާމުތަކެކެވެ."

ފަޤީރު ޤައުމުތަކާ މުޚާޠަބުކުރައްވާ ޣުޓަރެޝް ވިދާޅުވިއެވެ. "ތިޔަބައިމީހުންގެ އަމިއްލަ ފައިސާ ބާޒާރުތަކުގައި ނުހިނގާތީ ރައުސްމާލީ ބާޒާރުތަކަށް ވަނުމުގެ ދޮރު ވަނީ ތިޔަބައިމީހުންނަށް ބަންދުވެފައެވެ. މިކަމުގެ ސަބަބުން އެމީހުންނަށް ލިބޭ ފައިދާ ވަނީ ޙައްދުފަނަޅައިގޮސްފައެވެ."

މިހެންވެ ޣުޓަރެޝް ވިދާޅުވިއެވެ. "މުއްސަނދި ޤައުމުތަކުން އަހަރަކު 500 ބިލިއަން ޑޮލަރު ދޭން އެބަޖެހެއެވެ. އެއީ މި ޤައުމުތަކުގެ ސަބަބުން ގެއްލުންލިބެމުންދާ ޤައުމުތަކުގެ އިޤްތިޞާދު ހަރުދަނާކުރުމަށާއި ޞިއްޙަތާއި ތަޢުލީމު ރަނގަޅުކުރުމަށް ޓަކައެވެ."

ދަޢުޙާގައި މިއަދު ފެށޭ މަހާސިންތާއަކީ އެންމެ ކުޑަކޮށް ތަރައްޤީވަމުންދާ ޤައުމުތަކުގެ ގިންތީގެ ލިސްޓްގައި ހިމެނޭ 46 ޤައުމުގެ ބައްދަލުވުމެކެވެ. ކޮރޯނާގެ ސަބަބުން މި މަހާސިންތާ ވަނީ 2021 ގައި ނުބޭއްވިފައެވެ.

ދަރަނީގެ މަސްއަލައާއި މުއްސަނދިކަން ކުޑަކަން

މުއްސަނދި ޤައުމުތަކުން ފަޤީރު ޤައުމުތަކާއެކު މުޢާމަލާތު ކުރަމުންދާ ގޮތަށް ވެސް އދ ގެ ވެރިޔާ ފާޑުވިދާޅުވިއެވެ. އޭނާ ވިދާޅުވިއެވެ. "ޤައުމެއްގެ ކިބައިގައި ރިސޯސްތައް މަދުވުމާއި އެ ޤައުމު ދަރަނީގެތެރެއަށް ގެނބިގެން ދިޔުމަކީ އެ ޤައުމުގެ އިޤްތިޞާދީ ތަރައްޤީއަށް ހުރަސްއެޅޭކަމެކެވެ." އޭނާ ވިދާޅުވިގޮތުގައި ކޮވިޑާއެކު މުޢާމަލާތު ކުރުމުގައި ވެސް މި ޤައުމުތައް ވަނީ އެއްކިބާކުރެވިފައެވެ. އެ ޤައުމުތަކުގެ އެދުންތަކަށް އިޖާބައެއް ނުދެވުނެވެ.

ޣުޓަރެޝް ވިދާޅުވިގޮތުގައި "މޫސުމީ ކާރިސާތަކާ ދެކޮޅަށް ކުރަންޖެހިފައިވާ މަސައްކަތްތަކަކީ ވަރަށް ދަތި ބުރަ މަސައްކަތްތަކެކެވެ. މި ކަމަށް ބޭނުންވާ ރައުސްމާލު ވަރަށް ބޮޑެވެ." އޭނާ ސިފަކުރެއްވި ގޮތުގައި މި ކަމަށް ލިބެމުންދާ މާލީ އެހީއަކީ "ކަނޑުގައިވާ ފެންތިއްކެއް ފަދަ ކުޑަކުޑަ އެއްޗެކެވެ."

ޣުޓަރެޝް ހާމަކުރެއްވި ގޮތުގައި ފަޤީރު ޤައުމުތަކުގެ ރައްޔިތުންނަށް ކާއެތިކޮޅު ޖާމިނު ނުކުރެވޭއިރު ބިމުގެ އަނޑިން ހަކަތަ ނަގާ ބޮޑެތި ކުންފުނިތައް ބައްކުރަމުންދާ ފައިދާތައް އިންތިހާއަށް ބޮޑެވެ.

ޣުޓަރެޝް އިޝާރާތް ކުރެއްވި ގޮތުގައި ޔުކްރޭން ހަނގުރާމައިގެ ސަބަބުން ކާބޯތަކެއްޗާއި ހަކަތައިގެ އަގު މިއަދު ވަނީ އުފުލިފައެވެ.

ޤަޠަރު ކަށަވެތިވުން

މި ސަމިޓަށް މެހެމާންދާރީ އަދާކުރާ ޤަޠަރުގެ ޚާރިޖީ ވަޒީރު މުޙައްމަދު ބިން ޢަބްދުއްރަޙްމާނު އާލު ސާނީ ހާމަކުރެއްވި ގޮތުގައި އެންމެ ކުޑަކޮށް ތަރައޤީވެފައިވާ ޤައުމުތަކަށް އެހީވުމަށް ޤަޠަރު ވަނީ ކަށަވެތިވެފައެވެ. ޤަޠަރުން މި ޤައުމުތަކުގެ ތަރއްޤީއަށް ޓަކައި ބޮޑު އެއްޗެއް ވަނީ ޚާޢްޞަކޮށްފައެވެ. އޭނާ ވިދާޅުވި ގޮތުގައި މި މަހާސިންތާއަށް ޤަޠަރުން މެހެމާންދާރީކަން އަދާކުރާއަދާކުރުމުން ފަޤީރު ޤައުމުތަކުގެ މުހުތާދުދުތަކަށް ޤާޠަރުން އިޖާބަދޭނެކަން އެނގެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *