Support Us

ޔުކްރޭން ހަނގުރާމަ ހުއްޓައިލުމަށް ރަޝިޔާއަށް ގޮވައިލާ ޤަރާރާ ޗައިނާ ދެކޮޅުހަދައިފި

ޔުކްރޭން ހަނގުރާމަ ހުއްޓައިލުމަށް ރަޝިޔާއަށް ގޮވައިލާ ޤަރާރަށް ތާއީދުކުރުމާ ޗައިނާއިން ދެކޮޅު ހަދައިފިއެވެ.

އިންޑިޔާގެ ވެރިރަށް ނިވްދިއްލީގައި ބޭއްވި ޖަމާޢަތް 20ގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގެ މާލަންތެރެއިން އެމެރިކާގެ ޚާރިޖީ ވަޒީރު ބްލިންކެން، ރޫސީ ޚާރިޖީ ވަޒީރާ ކުއްލި ގޮތަކަށް ނުރަސްމީކޮށް ބައްދަލުވެވަޑައިގެން ވަގުތު ޔުކްރޭނަށް އެމެރިކާއިން އެހީވުމަށް ކަށަވެތިވެފައިވާ ވާހަކަ ދެންނެވިއެވެ. ބްލިންކެން ވިދާޅުވިއެވެ. "މި ބައްދަލުވުމުގެ މާޙައުލު ޔުކްރޭން ހަނގުރާމައިގެ ސަބަބުން ކިލަނބުވެގެން ދިޔުމަކީ ވަރަށް ދެރަ ކަމެކެވެ." އޭނާ ވިދާޅުވިއެވެ. "މި ޖަމާޢަތުގެ މެންބަރުން ހަނގުރާމަ ހުއްޓުމަށް ރަޝިޔާއަށް ގޮވައިލާގޮވައިލުން ކުރިއަށް ގެންދަން ޖެހޭނެއެވެ."

ބްލިންކެން– ލެވްރޯވް މި ބައްދަލުވުމަކީ އެއް އަހަރުތެރޭގައި ހިނގި ފުރަތަމަ ބައްދަލު ކުރެއްވުމެވެ. ދިހަ މިނެޓްއިރަށް ދެމިގެންދިޔަ ބައްދަލު ކުރެއްވުމުގައި ލެވްރޯވް އެމެރިކާގެ ވަޒީރާ ސަލާމެއް ނުކުރައްވައެވެ. ޔުކްރޭން ހަނގުރާމައިގެ ސަބަބުން އެމެރިކާ- ރަޝިޔާ ގުޅުންތައް ވަނީ ވަރަށް ނުތަނަވަސްވެފައެވެ. ދެ ފަރާތުގެ ޝަކްވާތަކާއި ތުހްމަތުތައް ވަނީ އިތުރުވެފައެވެ. 

ޖަމާޢަތް 20ގެ މި ދައުރުގެ ރައީސް އިންޑިޔާ ބުނާގޮތުގައި މި ޖަމާޢަތުގެ ގިނަ ޤައުމުތަކުން ޔުކްރޭން ހަނގުރާމަ ވަރަށް ބޮޑަށް ކުށްވެރިކުރިއެވެ. ޗައިނާއާއި ރަޝިޔާއިން އެކަމާ ދެކޮޅުހެދިއެވެ.

މި ޖަމާޢަތުގެ މާލީވަޒީރުންނާއި މަރްކަޒީ ބޭންކްތަކުގެ ގަވަރުނަރުންގެ ބައްދަލުވުމުގައި ވެސް ވަނީ ޚިޔާލު ތަފާތުވެފައެވެ. މި ދިޔަ ހަފުތާގެ ކުރީކޮޅު ބޭއްވި ބައްދަލުވުމުގައި ޔުކްރޭން ހަނގުރާމަ ކުށްވެރިކުރާ ޤަރާރާ ޗައިނާއާއި ރަޝިޔާ ދެކޮޅުހެދިއެވެ. މި ބައްދަލުވުން ބޭއްވީ ބެންގަލޫރުގައެވެ. 

މަސައްކަތު ތާވަލުގައި އޮތް ކަމެއް ނޫން

އެމެރިކާގެ އިސް މަސްއޫލުވެރީން ވިދާޅުވާ ގޮތުގައި ބްލިންކެން- ލެވްރޯވް ބައްދަލުވުމަކީ ތާވަލުކުރެވިފައިވާ ކަމެއްނޫނެވެ. ބްލިންކެން ބައްދަލު ކުރެއްވީ ތިން މެސެޖެއް ދެއްވުމަށެވެ. އެއީ ނިޔުކްލިއަރ އިސްތިރާތީޖީ ހަތިޔާރު ކޮންޓްރޯލް ކުރުމާބެހޭ ސްޓާރޓް މުޢާހަދާ އަށް މޮސްކޯ އަނބުރާ އައުމަށް ގޮވައިލުމާއި ރަޝިޔާއިން ހައްޔަރުކޮށްފައިވާ އެމެރިކާގެ ކަނޑުގެ ސިފައިންގެ މީހާ (ޕޯލް ވެލަން) މިނިވަންކުރުމަށް ބާރުއެޅުމާއި ޔުކްރޭނުގެ ބިމުގެ ސިޔާދަތު ރައްކައުތެރިކޮށްދޭ ސުލްޙައެއް ޔުކްރޭނުގެ މަސްއަލައަށް ގެނައުމަށް ވޮޝިންގްޓަނުން ވާގިވެރިވާނެކަން މޮސްކޯއަށް އެންގުމެވެ. އޭނާ ވިދާޅުވި ގޮތުގައި ވޮޝިންގްޓަނާއި ކިޔޭވުން މި ހަނގުރާމައަށް ހުއްޓުމެއް  ގެންނަން ބޭނުން ވަނީ މި އަސާސުގެ މަތީގައެވެ. .އެހެނަސް މޮސްކޮގެ ކިބައިގައި މިފަދަ "ޤަރާރެއް ނެތްކަމަށް" ބްލިންކެން ވިދާޅުވިއެވެ.

ލެވްރޯވް ޖަވާބުގައި ވިދާޅުވިއެވެ. "އެންމެ ފުރަތަމަ އެމެރިކާއިން އަޅައިފައިވާ ޣައިރު ޤާނޫނީ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާށެވެ. ބައިނަލްއަޤްވާމީ ބާޒާރާ ކުޅުން ހުއްޓާލާށެވެ! ވިޔަފާރީގެ މިނިވަންކަމާ ބެހޭ ބައިނަލްއަޤްވާމީ އުޞޫލުތަކުގެ ޙުރްމަތް ކެނޑުން ހުއްޓައިލާށެވެ! ބައިންލްއަޤްވާމީ ބާޒާރުގައި ބިދޭސީ މުއްސަނދިކަމުގެ މައްޗަށް އަތްގަދަކުރުން ހުއްޓައިލާށެވެ! ބޭއިންސާފު ގޮތްގޮތަށް އަގުތަކުގެ އުސްމިނާއި ތިރިމިން ކަނޑައެޅުން ހުއްޓައިލާށެވެ!"

މި ބައްދަލު ކުރެއްވުމަށް އިޝާރަތް ނުކުރައްވާ ލެވްރޯވް ނޫސްވެރީންނަށް ވިދާޅުވިއެވެ. "ރަޝިޔާ އެކަހެރިކުރަން ހުޅަނގުން ކުރާ މަސައްކަތަށް ބެލުމެއްނެތި މޮސްކޯގެ މަސައްކަތްތައް ޔުކްރޭނުގައި ކުރިއަށް ގެންދާނެތެވެ." އޭނާ ވިދާޅުވިއެވެ. "އަހުރެމެންނަށް އެކަހެރިކަން އިޙްސާސް ކުރާކަށް ނުޖެހެއެވެ. ދުނޔޭގައި އެކަހެރިވެފައިވަނީ ހުޅަނގެވެ. އެމީހުންނަށް ފަހުން އެކަން އެނގޭނެއެވެ. ވިސްނޭނެއެވެ. އެމީހުން ވާހަކަދެއްކުމަށް މޮސްކޯއަށް ގޮވައިލާއިރު ހުޅަނގުގެ އެއްވެސް ޤައުމަކުން ޔުކްރޭނަށް ހަނގުރާމަ ހުއްޓުމަށް ގޮވައިލާހެއްޔެވެ؟ އެމީހުން ކިޔީވަށް ހިތްވަރުދެނީ ހަނގުރާމަ ކުރިއަށް ގެންދާށެވެ."

ރޫސީ ވަޒީރުގެ ވާހަކަފުޅުގައި ހުޅަނގުން ޗައިނާއަށް ބިރުދައްކަމުންދާތީ އެކަމަށް މަލާމާތް ކުރެއްވިއެވެ. ޗައިނާއިން ޞުލްޙައާ ބެހޭގޮތުން މަޝްރޫޢެއް ހުށައެޅުމުން ހުޅަނގުން އެ ކަމާ ދެކޮޅުހެދިކަމަށް އޭނާ ވިދާޅުވިއެވެ. ލެވްރޯވް ވިދާޅުވިއެވެ. "އަހުރެމެންގެ ހުޅަނގުގެ އެކުވެރީން އުޅެނީ އެމީހުންގެ އަމިއްލަ ނަފުސު ކޮންޓްރޯލް ނުކުރެވިގެންނެވެ. އެމީހުން ވަނީ އަޚްލާޤުގެ މަތިން ހަނދާން ނެތިފައެވެ. ޑިޕްލޮމަސީ ވަނީ އެއްފަރާތަށް ލައިފައެވެ. އެމީހުންގެ ސުލޫކަކީ ބިރުދެއްކުމާއި ބްލެކްމޭލު ކުރުމެވެ." 

ރޫސީ– ޗައިނާ ގުޅުންތަކަށް ތާރީފުކުރައްވާ ވާހަކަފުޅު ދައްކަވަމުން ލެވްރޯވް ވިދާޅުވިއެވެ. މި ގުޅުންތަކުގެ އަމާޒަކީ ޝާމިލުކޮށް ދެ ޤައުމުގެ އެއްބާރުން ވަރުގަދަކުރުމެވެ. ލެވްރޯވް ޗައިނާގެ ވަޒީރު ޗެން ޖަންގާ ބައްދަލުކުރެއްވުމަށްފަހު ވިދާޅުވިއެވެ. "ބައނަލްއަޤްވާމީ ގުޅުންތަކުގެ ނިޒާމު ދެމެހެއްޓުމުގައި ޗައިނާ- ރަޝިޔާ ގުޅުމަކީ ހަމަޖެހުން ގެނައުމުގެ ބަހާއެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *