Support Us

ފަރަންސޭސިވިލާތުގެ ރައީސް މެކަރޯން

އެފްރިކާގެ ފަރަންސޭސި ޢަޞްރު ނިމިއްޖެ: މެކަރޯން

އެފްރިކާގެ ހަތަރު ޤައުމަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގައި ފަރަންސޭސި ރައީސް އިމަނުވޭލް މެކަރޯން ގެބޯންގައި ވާހަކަފުޅު ދައްކަވަމުން "އެފްރިކާގެ ފަރަންސޭސި ޢަޞްރު ނިމިއްޖެ" ކަމަށް ރޭ ވިދާޅުވެއްޖެއެވެ.

ރައީސް މެކަރޯން ވިދާޅުވިއެވެ. "ބައެއްފަހަރަށް ފިކްރުތައް އަހުރެމެން ތަރައްޤީވާ ގޮތަށް ތަރައްޤީވަމުން ނުދާކަން އިޙްސާސްކުރެވެއެވެ. ބައެއް ފަހަރަށް އަހުރެމެންގެ ނިޔަތުގައި ނުވާ އަދި އެކަމަށް އަހުރެމެން ތައްޔާރު ނުވާ ބައެއް ކަންތައް ފަރަންސޭސިވިލާތަށް ނިސްބަތް ކުރެވެއެވެ."

މެކަރޯން ވިދާޅުވިއެވެ. "ފަރަންސޭސިވިލާތަކީ އެންމެންނާއެކު ވާހަކަދައްކާ ވަކި ފަރާތަކަށް ނުޖެހޭ ފަރާތެކެވެ. ދާޚިލީ ސިޔާސީ އެއްވެސް ކަމަކާ ފަރަންސޭސިވިލާތް ނުބެހޭނެއެވެ. އެކަމުގައި ފަރަންސޭސިވިލާތުގެ ދައުރެއްވެސް ނޯންނާނެއެވެ."

އަނެއްކޮޅުން ބަލާއިރު ގެބޯންގެ އިދިކޮޅު ފަރާތްތަކުން ތުހްމަތުކުރާ ގޮތުގައި ރައީސް މެކަރޯން ގެބޯން ރިޔާސީ އިންތިޚާބަށް ތައްޔާރުވަމުންދާ މި ދަނޑިވަޅުގައި މި ވަޑައިގަތީ ވެރިކަންކުރައްވާ ރައީސް ޢަލީ ބޮންގޯއަށް ތާއީދު ކުރައްވާށެވެ. އެހެނަސް މެކަރޯން ވިދާޅުވިއެވެ. "އަހުރެން މި އައީ ވަކި މީހަކު ވެރިކަމަށް އިސްކުރާކަށް ނޫނެވެ.އަހުރެން މި އައީ އެއްބަނޑުއެއްބަފައި ރައްޔިތަކު އުޅޭ ޤައުމަކަށް އޮތް އިޙްތިރާމާއި ރަޙްމަތްތެރިކަން ފާޅުކުރާށެވެ."

މި ހުސްވި ފެބްރުވަރީ މަހުގެ 27ވަނަ ދުވަހު ޕެރިހުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ. "އަހުރެންގެ ފަހަތުގައި ހުޅަނގު އެފްރިކާގައި އޮތް ފަރަންސޭސިވިލާތު ދައުރު ނިމިއްޖެއެވެ."

އެފްރިކާ ބަރޫދުގައި އައު ގުޅުންތަކެއް ޤާއިމުކުރުމަށް އޭނާ ގޮވައިލެއްވިއެވެ. މި ގުޅުން މިހާރު އެ ބަރޫދުގައި ތިއްބެވީ ޒަޢާމަތުތަކާ ނުގުޅުވުމަށް ވެސް އޭނާ ގޮވައިލެއްވިއެވެ.

ފަރަންސޭސިވިލާތާއި ގެބޯން ގުޅިގެން އިސްތިވާއީ ޖަންގަލިތައް ރައްކައުތެރިކުރުމަށް ޓަކައި މި ދިޔަ ބުދަދުވަހާއި ބުރާސްފަތިދުވަހު ފެށި މަޝްރޫޢު ފަދަ "ތަވާޒުނު ގުޅުންތައް ބިނާކުރުމަށާއި ގުޅިފައިވާ ޤަޟިއްޔާތައް ޙައްލުކުރުމަށް ޓަކައި ގުޅިގެން މަސައްކަތް ކުރުމަށް" އޭނާ ގޮވައިލެއްވިއެވެ. އޭނާ ވިދާޅުވިގޮތުގައި އެފްރިކާ ބަރޫދުގެ ޤައުމުތަކުގައި މޫސުމާއި ޙަޔަވީ ސިންދަފާތާއި އިޤްތިޞާދީ ގޮންޖެހުންތަކާއި ޞިނާޢީ ގޮންތަކުގެ މައިދާނުގައި ގުޅިގެން މަޝްރޫޢުތައް ހިންގުމަށް މެކްރޯން އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

ރައީސް މެކަރޯން މާރިޗު އެކެއްގައި ފެށްޓެވި އެފްރިކާ ދަތުރުފުޅުގެ އަމާޒަކީ އެފްރިކާ ބަރޫދާ ބެހޭގޮތުން ކުރިއަށް އޮތް ހަތަރު އަހަރަށް ރާއްވަވައިފައިވާ އޭނާގެ އިސްތިރާތީޖީ މި ބަރޫދަށް ހުށައެޅުއްވުމެވެ. އޭނާގެ ރިޔާސީ ދެވަނަ ދައުރުގައި އޭނާގެ މިސްރާބަކަށް ވާނީ މި އިސްތިރާތީޖީއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *