ވަޙީން މަތިވެރި ރިސާލަތު އަލި އުޖާލާކޮށްލި ރަމަޟާނުން
صَحِيْحُ ބަޔާން ތަކުން ޙާއްޤާއި ބާޠިލް ވަކިވެ ޤުރްއާނުން
ވަޙީން މަތިވެރި……
ޖަހާލަތު އޭގެ ކުރިބޯއްޓާ ހަމައިގައި ހޫރި ވިހުރެނިކޮށް
ގަހާ ގެއްސާ އިރާ ހަނދު ހިލަ مُقَدَّسْ ކޮށް ޤަދަރު ދެނިކޮށް
ވަހާ ކުލަ މުޅި ހިޖާޒުގެ ބިންމަތީން ފޮހެ ލެއްވި ޤުރްއާނުން
ވަޙީން މަތިވެރި……
خَلِيْلُ اللهِ މައްކާގައި ކުރެއްވި ބިނާގެ طَاهِرُ ކަން
ذَلِيْلُ ވެ ބުދު مُقَدَّسْ ކޮށް އުޅުނު ގޮތްތައް މަނާވީކަން
އަލީގައި شَرْعُ ވެވި ދީނުން މަނާވީ އައި ހިނދުން ޤުރްއާން
ވަޙީން މަތިވެރި……
ނިޔާޔަށް ޖާގަނެތި އަނިޔާ މި ބިމުގައި ވެރިވެފައި ވަނިކޮށް
ޟިޔާ އާ އިރުގެ ދޯދިތަކުން އަނދިރިކަން ނިވި ލިޔޭ އަލިކޮށް
ހިޔާ ޢަދުލުގެ ބިމަށް އެޅިގެން ހިދާޔަތު ފެތުރި ޤުރްއާނުން
ވަޙީން މަތިވެރި……
ދަރީން ލޮބުވެތި ރޮމުން ދަނިކޮށް އަތުން ވަޅުކޮނެ މަރައި ވަޅުލުން
ޚަރީފުވެ ހިތްތަކުން ނެތިދިޔަ ބަހާރު ރަބީޢު ވެރިވެ އަލުން
ބަރީޢަ އެ ފާފައިން އެވެރީން ކުޅައެ ކީރިތިވި ޤުރްއާނުން
ވަޙީން މަތިވެރި……
