Support Us

ޙާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ރާބިޠާއިން ކުރާ މަސައްކަތަށް އދ.ގެ ތާރީފު

ރެފިޔުޖީންނާއި ވަޒަނުން ބޭރުކޮށްލައިފައިވާ މީހުންނަށް އެހީވުމަށް ރާބިޠަތުލްޢާލަމިލް އިސްލާމީއާއި ރެފިޔުޖީންނާ ބެހޭ އދ. ގެ ކަމިޝަނާ ގުޅިގެން މަސައްކަތްކުރުމާ ބެހޭގޮތުން ރާބިޠާގެ އަމީން ޢާންމު ޑރ. މުޙައްމަދުލް ޢީސާއާއި ޢާންމު ކަމިޝަނަރު ފިލީޕޯ ގްރޭންޑީ ވާހަކަފުޅު ދައްކަވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ ރިޔާޟުގައި ހުންނަ ރާބިޠާގެ އޮފީހުގައެވެ.

މި ދެބޭފުޅުން ބަޙުސްކުރެއްވީ ރެފިޔުޖީންގެ މަސްއަލަތައް ޙައްލުކުރުމަށް ޓަކައި ބައިނަލްއަޤްވާމީ އެހީއާއި މަދަދު ހޯދުމާ ބެހޭގޮތުންނާއި އިންސާނީ މުޖްތަމަޢުތަކާ ކުރިމަތިވާ ގިލަންވެރިކަމާއި މުޞީބާތްތަކާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ޓަކައި ގުޅިގެން މަސައްކަތް ކުރުމާއި އެއްބާރުލުމުގެ މައިދާންތައް ފުޅައުކުރުމާ ބެހޭގޮތުންނެވެ.

އދގެ ކަމިޝްނަރުގެ ވާހަކަފުޅުގައި އެ އިދާރާއިން ދުނިޔޭގެ އެތަންމިތާނގައި ކުރަމުންދާ މަސައްކަތްތަކަށް ބައްލަވައިލެއްވިއެވެ. ދުނިޔޭގައި ޙާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ޓަކައި ރާބިޠާ މެދުވެރިކޮށް ޒަކާތް ޖަމާކުރުމާ ބެހޭގޮތުން ރާބިޠާއިން އެންމެ ފަހުން ނެރުނު ފަތުވާގެ އަހައްމިއްޔަތަށް ވެސް ކަމިޝަނަރ ބައްލަވައިލައްވާ ރާބިޠާއަށް ޝުކްރު އަދާކުރެއްވިއެވެ. މި ކަމުގެ ސަބަބުން ރެފިޔުޖީންނާ ކުރިމަތިވަމުންދާ ހިރާސްތަކުން އެމީހުން ޙިމާޔަތްކުރުމަށް ވަސީކަތްތައް ތަނަވަސްވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާބިޠާގެ ފަތުވާ ބުނާގޮތުގައި ތުރްކީއަށާއި ސޫރިޔާއަށް އައި ބިންހެލުންތަކުގައި ޙާލުގައިޖެހިފައިވާ މީހުންނަށް އެހީވުމަށް ޓަކައި ޒަކާތް ދެވިދާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *