Support Us

ޔުކްރޭން ހަނގުރާމަ ނިންމަން ޗައިނާއިން ހުށައެޅުންތަކެއް ހުށައަޅަނީ

ޔުކްރޭން ހަނގުރާމަޔާމެދު ޗައިނާ "ވަރަށް ކަންބޮޑުވާ ކަމަށް" ބޭޖިންގުން މިއަދު ބުނެފިއެވެ. އަހަރަކަށް ދެމިގެން ގޮސްފައިވާ މި ހަނގުރާމައަށް ސިޔާސީ ނިމުމެއް ގެނައުމަށް ޓަކައި މި ހަފުތާގައި ޗައިނާއިން ހުށައެޅުންތަކެއް ހުށައަޅާނެއެވެ.

ރަޝިޔާއިން ޔުކްރޭނާ ދެކޮޅަށް ފިޔަވަޅު އަޅަމުންދާ ގޮތަށް ޗައިނާއިން ތައިވާނާ ދެކޮޅަށް ފިޔަވަޅު އަޅަން އުޅޭކަމަށް ހުޅަނގުން ތުހްމަތުކުރާތީ ޗައިނާ އެ ކަން ކުށްވެރިކުރިއެވެ. ފަރަންސޭސި ނޫސް އޭޖެންސީ ބުނާގޮތުގައި ޗައިނާއިން ރަޝިޔާއަށް ހަތިޔާރު ދެޔޭ ކިޔާ އަރުވާ "އަޑުތައް" ހުއްޓައިލުމަށް ވެސް ޗައިނާއިން ގޮވައިލިއެވެ.

ޗައިނާގެ ޚާރިޖީ ވަޒީރު ޗެން ގެންގ ވިދާޅުވިގޮތުގައި ބޭޖިންގުން މަސައްކަތްކުރާނީ "ސުލްޙައާބެހޭ ވާހަކަދެއްކުންތައް ހަރުދަނާކުރުމަށެވެ." ނޫސްވެރީންނާ ބައްދަލުކުރައްވަމުން އޭނާ ވިދާޅުވިއެވެ. "އަޅުގަނޑުމެން ބައިނަލްއަޤްވާމީ މުޖްތަމަޢާއެކު މަސައްކަތް ކުރާނީ އެއްބަޔަކު އަނެއް ބަޔަކާއެކު ވާހަކަދެއްކުމާއި މަޝްވަރާކުރުން ހަރުދަނާކުރުމަށާއި ހުރިހާ ފަރާތެއްގެ ބިރުގަތުންތައް ނައްތައިލުމަށް ކުރިމަތިލުމަށާއި ގުޅިފައިވާ ސަލާމަތާއި އަމާންކަން ޙާޞިލުކޮށްދިނުމަށް މަސައްކަތް ކުރުމަށެވެ."

އޭނާ އިޝާރާތް ކުރެއްވި ގޮތުގައި ޔުކްރޭން މަސްއަލައަށް "ސިޔާސީ ޙައްލެއް" ހޯދައިދިނުމަށް ޓަކައި މި ހަފުތާގައި ޗައިނާއިން ހުށައެޅުންތަކެއް ހުށައަޅާނެއެވެ، ޗައިނާގެ އިސް ޑިޕްލޮމެޓް ވާންގް ޔީ އިއްޔެ ވަނީ ވާހަކަ ދައްކައިގެން ޔުކްރޭން ހަނގުރާމައަށް ނިމުމެއް ގެނައުމަށް ގޮވައިލައްވައިފައެވެ. އޭނާ މި ކަމަށް ގޮވައިލެއްވީ ހަންގެރީގައި މަޑުކޮށްލައްވަމުންނެވެ. އެއަށްފަހު އޭނާ ވަޑައިގެންނެވީ މޮސްކޯއަށެވެ. އިއްޔެ އެމެރިކާގެ ރައީސް ބައިޑްން ވަނީ ޔުކްރޭނުގެ ވެރިރަށަށް ވަރަށް ކުއްލި ކުރު ދަތުރުފުޅެއް ކުރައްވައިފައެވެ. ރަޝިޔާއިން ކިޔޭވަށް ޙަމަލާއެއް ދީފާނެތީ ރައީސް ބައިޑްން ކިޔޭވަށް ވަޑައިގަތީ އެ ކަން މޮސްކޯއަށް އަންގަވައިފައެވެ.މި ޒިޔާރަތުގައި ޔުކްރޭނަށް 500 މިލިއަން ޑޮލަރުގެ ޢަސްކަރީ އިތުރު އެހީތައް ދެއްވާނެކަމަށް ބައިޑްން ވަޢުދުވެވަޑައުގަތެވެ.

ޗައިނާގެ ރައީސް ޝީ އޭނާގެ "ސުލްހަޔާ ބެހޭ ޚިޠާބު" ޔުކްރޭން ހަނގުރާމައަށް އަހަރުފުރޭ މުނާސަބަތުގައި ދެއްވާނެކަމަށް ލަފާކުރެވެއެވެ. މި ހަނގުރާމައަށް އެއް އަހަރު ފުރޭނީ މި މަހުގެ 24ވަނަ ދުވަހުއެވެ.

ބައެއް ޤައުމތަކުން ދަނީ ހަނގުރާމައަށް ތެޔޮޖަހަމުން

ބޭޖިންގުން ތުހްމަތު ކުރާގޮތުގައި ބައެއް ޤައުމުތަކުން ޔުކްރޭން ހަނގުރާމަ ހުއްޓުވާކަށް ބޭނުމެއް ނުވެއެވެ. އެ ޤައުމުތަކުން ދަނީ ރޯވެފައިވާ ހުޅުގަނޑަށް ތެޔޮ ޖަހާ ހުޅުގަނޑު ނިވުނުނުދިނުމަށް މަސައްކަތްކުރަމުންނެވެ. އެ ޤައުމުތަކުން ޗައިނާގެ ބޮލުގައި ތުހްމަތުތައް އެޅުވުމާ ދުރުހެލިވުމަށް ބޭޖިންގުން ގޮވައިލިއެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު ބްލިންކެން ތުހްމަތު ކުރައްވާ ގޮތުގައި ޔުކްރޭން ހަނގުރާމައިގައި ރަޝިޔާއަށް އެހީވުމާމެދު ޗައިނާއިން ވިސްނަމުން އެބަދެއެވެ. ޔޫރަޕްގެ އިއްތިޙާދުގެ ޚާރިޖީ ސިޔާސަތާ ބެހޭ ވެރިޔާ ޖޯޒިޕް ބޮރެލް ޗައިނާއިން އެފަދަ ކަމެއް ކުރުމަކީ "ރަތްރޮނގު" ހުރަސްކުރުން ކަމަށް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *