Support Us

US President Joe Biden, centre left, walks with Ukrainian President Volodymyr Zelenskyy at St. Michael's Golden-Domed Cathedral during an unannounced visit, in Kyiv, Ukraine, Monday, Feb. 20, 2023. (AP Photo/Evan Vucci)

ރައީސް ބައިޑްން ޔުކްރޭނަށް ވަޑައިގަތީ ރަޝިޔާއަށް އެންގެވުމަށްފަހު

އެމެރިކާގެ ރައީސް ޖޯ ބައިޑްން ޔުކްރޭނުގެ ވެރިރަށް ކިޔީވަށް ވަޑައިގަތުމުގެ ހައެއްކަ ގަޑިއިރު ކުރިން އެކަން މޮސްކޯއަށް އެންގި ކަމަށް ވެސް ވައިޓްހައުސްއިން ބުނެފިއެވެ.

ވައިޓްހައުސްއިން ބުނިގޮތުގައި އެކަން އެގޮތަށް ކުރީ ނިޔުކްލިއަރ ބޮޑު ދެ ބާރުގެ ދެމެދުގައި ކުރިމަތިލުމެއް ހިނގިޔަނުދިނުމަށް ޓަކައެވެ.

އެސޯޝޭޓެޑް ޕްރެސް ވައިޓްހައުސްއާ ޙަވާލާދީ ބުންޏެވެ. "ވައިޓް ހައުސް އިން ހާމަކުރި ގޮތުގައި ރައީސް ބައިޑްން ކިޔީވަށް ކުރައްވާ ދަތުރުފުޅުގެ މަޢުލޫމާތު މޮސްކޯއަށް އެންގުނެވެ. އެއީ އޮޅުމަކުން ވިޔަސް ނިޔުކްލިއަރ ދެ ބާރުގެ ދެމެދުގައި ސީދާ އަރާރުމެއް ހިނގިޔަ ނުދިނުމަށެވެ."

ރައީސް ބައިޑްން މިއަދު ހެނދުނުގެ ވަގުތެއްގައި ކިޔީވަށް ވަޑައިގަތީ ޕޯލެންޑުން ރޭލުންނެވެ. މި ދަތުރުފުޅު ކުރެއްވީ ސަލާމަތީ އޮޅުވައިލުންތަކެއްގެ ތެރޭގައެވެ. އެމެރިކާއިން ކުރިން ބުނަމުންގޮސްފައި ވަނީ ރައީސް ބައިޑްން ޔުކްރޭނަށް ވަޑައިގެންނެވުމަށް ހަމަޖެހިފައި ނުވާ ކަމަށެވެ.

މޮސްކޯގެ ކޮމެންޓް

ރައީސް ބައިޑްންގެ މި ދަތުރުފުޅާ ބެހޭގޮތުން ކޮމެންޓް ކުރައްވަމުން ރަޝިޔާގެ ޚާރިޖީ ވުޒާރާގެ ތަރްޖަމާނު މާރިޔާ ޒަޚަރޯވާ ވިދާޅުވިއެވެ. "ޖޯރޖިޔާގެ ކުރީގެ ރައީސް މީޚާއީލް ސަކަޝްވެލީއަށް އެމެރިކާއިން ވަޢުދުވި މަޝްރޫޢު ފަދަ އެމެރިކާގެ މަޝްރޫޢުތައް ފޭލްވެފައިވާކަން އަހުރެމެން ހަނދާން ނައްތައެއް ނުލާނަމެވެ."

އެމެރިކާގެ ރައީސް ބައިޑްން މި ދަތުރުފުޅުގައި ވަނީ ޔުކްރޭނަށް 500 މިލިއަން ޑޮލަރުގެ ޢަސްކަރީ އިތުރު އެހީ ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. މި ކަމާ ބެހޭ ތަފްޞީލުތައް ޕޯލެންޑްގައި ދެއްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

އަރިހުގައި ގެންދެވީ ކޮން ބައެއް

އެމެރިކާގެ ޤައުމީ ސަލާމަތާ ބެހޭ މުޝީރު ޖޯން ކަރބީ ހާމަކުރެއްވި ގޮތުގައި ރައީސް ބައިޑްންގެ އަރިހުގައި ކިޔީވަށް ވަޑައިގެންނެވީ ސަލާމަތީ މީހުންކޮޅަކާއި ފޮޓޯ ނަގާ މީހަކާއި ސަލާމަތީ މުޝީރުންގެ ދެ ބޭފުޅެކެވެ. މި ދަތުރުފުޅުގައި ރިޔާސީ ކާރުކޮޅުގެ ބޭނުމެއް ވެސް ނުކުރައްވައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *