Support Us

ކޮލަމް ކޯދު: ތަސްވީރެއް ކިޔައިދޭ ވާހަކަ

ފޮތް ހަރު ހަލާކުވެ، ބިންމައްޗަށް ފޮތްތައް ވެރުނެވެ. ނަމަވެސް ހަރުމަތީ ހުރި ބެރު ދުންމާރިތައް އެ އެއްޗެހި ހުރި ގޮތުގައި ހުއްޓެވެ.

ފޮތްތައް ވެރުނީ ފަހަރެއްގައި ވެސް އޭގެ ޒާތުގައި އޭގެ އަގު ކުޑަވީމައެއް ނޫނެވެ. ފޮތްތަކުގެ އަގު ބެރު ދުންމާރިއަށް ވުރެ މާ ބޮޑެވެ. ދުނިޔެއަށް އައިސްފައިވާ އަގު ހުރި ކުދި ބޮޑެތި ބަދަލުތަކަކީ ފޮތްތަކުގެ ސަބަބުން އައިސްފައިވާ ބަދަލުތަކެކެވެ. ފައިދާ ހުރި އެ ބަދަލުތަކާ ބެރު ދުންމާރިއާ އެއާ އެއްވެސް ގުޅުމެއް ނެތެވެ. މިކަމުން ވެސް، ފޮތްތަކުގެ އަގު ބޮޑުކަން އެނގެއެވެ. ނަމަވެސް، ފޮތްތައް ވެރި، ބެރި ދުންމާރިތައް ހަރުގަނޑުގެ އެންމެ މަތީގައި ހަރުކޮށްލެވި ހުރުން އަންގައިދެނީ ކޮން ކަމެއް ހެއްޔެވެ؟ މިއީ ފޮތުގެ ޒަމާން ނޫން ކަމެވެ. ކިއުމާއި ކިޔެވުމެގެ ދުވަސްވަރެއް ނޫންކަމެވެ. ބެރުޖެހުމާއި ނެށުމެގެ ޒަމާން ކަމެވެ. ކުރިއެރުން އޮތީ ބެރު ޖަހައި ނެށުމުގައިކަން ގަބޫލުކުރާ ޒަމާން ކަމެވެ!